
ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް ލީގު ކަމަށްވާ އިންޑިއަން ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަމަށްވާ ޗެންނާއީ ސުޕަރ ކިންގްސްގެ ކެޕްޓަން ކަމަށް އިންޑީޔާގެ ކުރީގެ އެއްވަނަ ކުޅުންތެރިޔާ ދޯނީ އަލުން ހަމަ ޖެއްސީ ކެޕްޓަން ކަމުގެ މަގާމުގައި ހުރި ރަވިންދްރާ ޖަޑޭޖާ ކެޕްޓަން ކަމުގެ މަގާމު ދޫކޮށްލުމުންނެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޗެންނާއީ ސުޕަރ ކިންގްސްގެ ކެޕްޓަންކަމުގެ މަގާމު ޖަޑޭޖާ ދޫކޮށްލިއިރު، ޓީމު އޮތީ ދިހަ ޓީމުގެ ލީގުގެ ނުވަވަނައިގައެވެ. މި އަހަރުގެ ސީޒަންގައި ޗެންނާއީ އަށް އަދި މިހާތަނަށް މާ އެދެވޭ ކުޅުމެއް ނުކުޅެވެއެވެ. ޖަޑޭޖާ ކެޕްޓަންކަން ދޫކޮށްލީ، ރިޕޯޓްތައް ބުނާ ގޮތުގައި އޭނާއަށް އެ ޒިންމާތައް ނަގަން ޖެހުމުން ކުޅުމަށް އެންމެ ރަނގަޅަށް ފޯކަސް ނުކުރެވޭތީއެވެ.
ޗެންނާއީގެ ކެޕްޓަން ކަމަށް ދޯނީ އަލުން ހަމަ ޖެއްސިކަން އިއުލާން ކުރަމުން ޗެންނާއީ ސުޕަރ ކިންގްސްއިން ބުނީ، ޓީމުގެ މަސްލަހަތަށް ބަލާއިރު މި ވަގުތަށް އެންމެ ރަނގަޅީ ކެޕްޓަން ކަމަށް އަލުން ދޯނީ ހަމަ ޖެއްސުމެވެ. ދޯނީގެ ކެޕްޓަންކަމުގެ ދަށުގައި ޗެންނާއީންވަނީ މި ދިޔަ ސީޒަންގެ ތަށި އުފުލާލާފައެވެ. އަލުން ކެޕްޓަންކަމާ ހަވާލުވެ ދޯނީ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ވާދަކުރާނީ ސަން ރައިޒަރސް ހައިދަރުއާބާދުއާއެވެ.