ވައްކަން ކޮށްފައިވަނީ އެގްރިކަލްޗަ މިނިސްޓްރީގެ ފަރާތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހިންގަމުންދާ ޕްލާންޓް އެންޑް އެނިމަލް ޔުނިޓުގެ ދޫނި ލެބުންނެވެ.
ފުލުހުން ބުނީ މި ދެ މީހުން އެތަނަށް ވަދެފައިވަނީ އެތަނުގެ ދޮރެއް ހަލާކުކޮށްލައިގެން ކަމަށް ބެލެވޭ ކަމަށެވެ. އަދި ބުނީ މި މައްސަލަ އެއާޕޯޓުގެ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި، އެދެމީހުން ހޯދަން ކުރި މަސައްކަތުން އަދި ފެނިފައިނުވާ ކަމަށެވެ.
މިކަން ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. ފުލުހުން ވަނީ މިކަން ކުރި ދެމީހުން ހޯދަން ވީޑިއޯ އެއްވެސް އާންމުކޮށްފަ އެވެ.
ފުލުހުން ބުނީ މި ވީޑިއޯއިން ފެންނަ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެއަރޕޯޓް ޕޮލިސްގެ ނަންބަރު 9968024 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.