ބޭނުންވާ ތަކެތި:
ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ އަވަން 350 ޑިގްރީ އަށް ހޫނުކޮށްލާށެވެ. ދެން ކޭކް ފިހަންލާ ތަށީގައި ބަޓަރު ހާކާލައި ބޭކިން ޝީޓް އެއް އަޅާއިލާށެވެ. ދެން މައިކްރޯވޭވް އަށް ލެވޭ ކަހަލަ ބޯތައްޓަކަށް ބަޓަރު އަޅައި 20 ސިކުންތު ވަންދެން މައިކްރޯވޭވް އަށް ލާށެވެ. އެއަށްފަހު ހިހޫ ކުރަން ބަހައްޓާލާށެވެ. ދެން ގާނާފައި ހުރި ކާއްޓާއި ހަކުރު މިކްސަރަށް އަޅައި 15 ސިކުންތު ވަންދެން މިކްސްކޮށްލާށެވެ. ދެން ބޮޑު ބޯތައްޓަކަށް ދިޔާކޮށްފައި ހުރި ބަޓަރާއި، މިކްސްކުރި ކާއްޓާއި، ހަކުރުގެ އިތުރުން ސަވާ ކްރީމް، ކާށި ކިރު، ބިސް އަދި 1/4 ޖޯޑު ފެން އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ފުރޭންޔަކުން ފުށާއި، ބޭކިން ޕައުޑާ އަދި ލޮނު ތަށީގެ ތެރެއަށް ފުރާނާލާށެވެ. ދެން ހުރިހާ އެއްޗެއް އެއްކޮށް ރަނގަޅަށް އެއްކޮށްލާށެވެ. ދެން ތައްޔާރު ކުރި ތައްޓަށް އަޅައިލާފައި 50 މިނެޓާއި 55 މިނެޓާއި ދެމެދު ކޭކު ފިހަން ލާށެވެ. ކޭކު ރަނގަޅަށް ފިހެވުމުން އަވަނުން ނަގައި 10 މިނެޓު ވަންދެން ހިހޫ ކުރަން ބަހައްޓާށެވެ. ކޭކު ހިހޫވަމުންދާ ވަގުތު އަވަން 325 ޑިގްރީއަށް ކުޑަކޮށްލައި ކޭކުގެ ޓޮޕިން ތައްޔާރުކޮށްލާށެވެ. ކޭކުގެ ޓޮޕިން ތައްޔާރުކޮށްލުމަށް ފުރަތަމަ ކޭކު ފިހާ ކަހަލަ ތައްޓެއްގައި ބޭކިން ޝީޓް އަޅައިލައި އޭގެ ތެރެއަށް 1/2 ޖޯޑު ގާނާފައި ހުރި ކާށި އަޅައިލާށެވެ. އަދި 3 މިނެޓު ވަންދެން ފިހެލާށެވެ. ދެން އެއްކޮށްލުމަށްފަހު އަނެއްކާ ވެސް ބޭކިން ޝީޓް މަތީ ފަތުރާލައި 2 މިނެޓު ވަންދެން ފިހެލާށެވެ. އެއަށްފަހު އަވަނުން ނަގައި ބޭކިން ޝީޓް މަތީ ހިހޫ ކުރަން ބަހައްޓާށެވެ. ދެން ކުޑަ ބޯތައްޓަކަށް ހަކުރާއި 1/4 ސައި ސަމްސާ ފެން އަޅައި އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން ކޭކުގެ މަތީގައި ހާކާލާށެވެ. އެއަށްފަހު ފިހުނު ކާށިތައް ކޭކުގެ މައްޗަށް ބުރުއްސާލާށެވެ. އޭރުން ކޮކޮނަޓް ޕައުންޑް ކޭކް ތައްޔާރުކޮށް ނިމުނީއެވެ.