ބޭނުންވާ ތަކެތި:
ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ އަލުވިތައް ތެލުލާށެވެ. އެއަށް ފަހު ތަވައަކަށް އަލުވިތައް އަޅާއި އޭގެ މައްޗަށް ލޮނުކޮޅެއް ބުރުއްސާލައި އަނެއްކާ ވެސް ތިން މިނެޓު ވަންދެން ކައްކާށެވެ. ދެން އަލުވިތައް ބޯތައްޓަކަށް އަޅައި ދުރުގައި ބަަހައްޓާށެވެ. އެއަށް ފަހު އުނދުނުގެ ހުޅުގަނޑު ބޮޑުކޮށްލައި ބޮޑު މިރުހާއި ފިޔާ ތަވައަށް އަޅައި ތިން މިނެޓު ވަންދެން ކައްކާލާށެވެ. ދެން އޭގެ މައްޗަށް ލޮނު ބުރުއްސާލައި އަނެއްކާ ވެސް 2-3 މިނެޓު ވަންދެން ކައްކާލާށެވެ.
ދެން އޭގެ ތެރެއަށް އޮރިގާނޯ، ބޭސިލް، ރޯސްމެރީ މިކްސްޗާ އާއި އަލުވިތައް އަޅާއި އެއްކޮށްލުމަށްފަހު 10 މިނެޓު ވަންދެން ކައްކާލާށެވެ. އެއަށްފަހު ސޮސެޖުތައް ތެލުލާށެވެ. ދެން ހޮޓް ޑޯގް ބަނަހުގެ ދެ ފަޅީގައި މަސްޓާޑް ހާކާލައި ދެ ސޮސެޖު އޭގެ ތެރެއަށް ލާށެވެ. އެއަށްފަހު އޭގެ މައްޗަށް ތައްޔާރުކުރި އަލުވިތައް ވީހާވެސް ގިނައިން އަޅައިލާށެވެ. އޭރުން އިޓަލިއަން ހޮޓް ޑޯގް ތައްޔާރުކޮށް ނިމުނީއެވެ.