ads
ފުލުހުން މާލޭގެ މަގުމަތީ ހަރަކާތްތެރި ވަނީ
ފުލުހުން ގޮތް ދޫކޮށް މޭޑޭގެ ހިނގާލުމަށް ފުރުސަތުދޭން ނިންމައިފި
މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން މާލޭގައި ކުރިއަށް ގެންދާ ހިނގާލުން ނުބޭއްވޭނެ ކަމަށް ފުލުހުން އެންމެ ފުރަތަމަ ބުނި ނަމަވެސް އެ ހިނގާލުމަށް ފުރުސަތު ދޭން މިހާރު ނިންމާފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

މޭޑޭގައި ބާއްވަން ރާވާފައިވާ ރެލީއާ ގުޅޭގޮތުން ފުލުހުންނާއި، ހިނގާލުން އިންތިޒާމް ކުރާ ފަރާތްތަކުން ބޭއްވުނު ބައްދަލުވުމުގައި، ފުލުހުން ބުނީ ރަމަޟާން މަހުގެ ހަވީރުގެ ވަގުތުތަކަކީ މާލޭގެ މަޖީދީ މަގުގެ ޓްރެފިކަށް ވަރަށް ބާރުބޮޑުވާ ވަގުތަކަށް ވާތީ އާއި ވަކިން ހާއްސަކޮށް ރަމަޟާން މަހުގެ ފަހު ދުވަހު އިތުރަށް ޓްރެފިކް ބާރު ބޮޑުވާނެކަމަށް ބެލެވޭތީ މަޖީދީމަގުގެ ބަދަލުގައި، ގާނޫނު ހުއްދަ ކުރާ ސަރަހައްދެއްގައި އެ ރެލީ  ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.

އެހެން ނަމަވެސް، އެ ހުށަހެޅުމާ އެއްގޮތަށް އަމަލު ކުރުމަށް ރެލީ އޯގަނައިޒްކުރާ ފަރާތުން އެއްބަސްވެފައި ނުވާތީ، މަޖީދީމަގުގައި އެރެލީ ނުބޭއްވޭނެކަމަށް އެ ފަރާތަށް އަންގާފައިވާނެ ކަމަށާއި، އަދި ހަމަ އެއާއެކު، ސުލްހަވެރި ކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ތަރަހައިގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތްތަކަށް ފުލުހުން އެއްބާރުލުން ދޭނެ ކަމަށް ވެސް އެ ބައްދަލުވުމުގައި ބުނެފައިވާނެ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ. 

އެހެން ނަމަވެސް މީގެ ކުޑަ އިރުކޮޅެއް ކުރިން ފުލުހުން މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މޭޑޭ ރެލީ އޯގަނައިޒް ކުރާ ފަރާތާއެކު މިއަދު އިތުރަށް ކުރެވުނު މަޝްވަރާތަކަށް ފަހު ދެ ފަރާތުން އެއްބަސްވެވޭ އެހެން ސަރަހައްދެއްގައި ރެލީ ކުރިއަށް ގެންދިއުމުގެ ހުއްދަ ފުލުހުން މިހާރު ދީފައި ވާކަމަށެވެ. 

މިއަދު ބާއްވާ ހިނގާލުމާއި ގުޅިގެން އެމްޓީޔޫސީގެ ރައީސް މައުރޫފް ޒާކިރު އިއްޔެ ވިދާޅުވީ، މަސައްކަތްތެރިން ދުވަސް ފާހަގަ ކުރުމަށް މާދަމާ ބާއްވާ ރެލީގެ މަގްސަދަކީ އެކި ފަންތިތަކުގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތައް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ. 

އަދި މިއަދޔ ބާއްވާ މި ހިނގާލުމުގައި ވީހާވެސް ގިނަ މަސައްކަތްތެރިން ބައިވެރިވުމަށް އެދޭ ކަމަށާއި، ދިވެހިންގެ އިތުރުން ބިދޭސީން ވެސް މި ހިނގާލުމުގައި ބައިވެރިވުމަށް އެދޭ ކަމަށެވެ. 

މިއަދު ބާއްވާ މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ، ހަވީރު 16:00 ގައި ރަސްފަންނުންނެވެ. އަދި މި ހިނގާލުން ނިންމުމަށް ހަމަޖެހިފަވަނީ، އިރުއޮއްސި 18:00 އަށް ކާނިވާ ސަރަހައްދަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް