ads
ހައިކޯޓު
ހައިކޯޓުގެ ދެ ގޮފީގެ ޝަރީއަތްތައް އެއް ވަގުތެއްގައި ފަށައިފި
ހައިކޯޓުގެ އުތުރާއި ދެކުނު ގޮފީގެ ޝަރީއަތްތައް މިއަދު އެއް ވަގުތެއްގައި ފަށައިފި އެވެ.

މިއީ ހައިކޯޓުގެ ދެ ގޮފީގައި އެއް ފަހަރާ މައްސަލަތައް ބަލަން ފެށި ފުރަތަމަ ފަހަރެވެ. 

ހައިކޯޓުގެ ދެކުނު ގޮފި ގާއިމުކޮށްފައިވަނީ އައްޑޫ ސިޓީގެ މީދޫގަ އެވެ. އުތުުރު ގޮފި ގާއިމުކޮށްފައިވަނީ ހދ. ކުޅުދުއްފުށީގަ އެވެ. 

ހައިކޯޓުން މިއަދު ބުނީ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ބޭފުޅުން ދެ ޓީމަކަށް ބަހާލައި އުތުރާއި ދެކުނު ގޮފީގައި ހުރި މައްސަލަ ބެލުމަށް ފޮނުވާފައިވާ ކަމަށެވެ. ފަނޑިޔާރުން ކުރިއަށް އޮތް ބުރާސްފަތި ދުވަހުގެ ނިޔަލަށް މި ދެ ގޮފީގައި މަސައްކަތް ކުރައްވާނެ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ. 

ހައިކޯޓުގެ ދެ ގޮފި އެންމެ ފުރަތަމަ އުފެއްދީ އެތަންތަނުގައި ފަނޑިޔާރުން ގާއިމުވެ ތިއްބަވައިގެން މައްސަލަތައް ބަލައި ނިންމުމަށެވެ. އެގޮތަށް އޭރު އަމަލުކުރުމުން ހައިކޯޓުގައި މައްސަލަތައް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ކުރިމަތިވުމުން ސުޕްރީމް ކޯޓުން ފަހުން ވަނީ ދެ ގޮފީގައި ހުރި މައްސަލަތައް ބެލުމަށް ފަނޑިޔާރުން އެ ދެ ތަނުގައި ގާއިމުވެ ތިބުމުގެ ބަދަލުގައި ފަނޑިޔާރުންގެ ވަފްދުތައް ޒިޔާރަތްކޮށްގެން މައްސަލަތައް ބަލައި އުސޫލަކަށް އަމަލުކުރަން ފަށާފަ އެވެ. 

ގާނޫނާ އެއްގޮތަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު 11 ބޭފުޅުން މަސައްކަތް ކުރައްވަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް