ads
ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުން
ރައީސްގެ އީދު ހަދިޔާ: ޓީޗަރުންގެ މުސާރަ ދެ ގުނަ ބޮޑު ކޮށްދިނުން
ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ފަހު އެކަން އިއުލާނުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
Advertisement

ރާއްޖޭގައި އެންމެ ބުރަ ޒިންމާއެއް އަދާ ކުރާ ބަޔަކީ ޓީޗަރުން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޓީޗަރުންނަށް މިއަދާ ހަމައަށް ވެސް ލިބެނީ އެކަށީގެންވާ އުޖޫރައަށް ވުރެ ކުޑަ އުޖޫރައެއް ކަމަށެވެ. އަދި މުސާރައަށް ގެނައި ބަދަލަކީ މުވައްޒަފުން ބަލައިގަންނާނެ ބަދަލަކަށް ވާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އެންމެ ބުރަ ޒިންމާއެއް އަދާކުރަނީ ޓީޗަރުން. އެެހެންނަމަވެސް މިއަދާ ހަމައަށްވެސް ޓީޗަރުންނަށް އެކަށީގެންވާ އުޖޫރައެއް ނުދެވޭ. އުންމީދުކުރަނީ މިދަލު މުއައްޒަފުން ބަލައިގަންނާނެ ކަމަށް." ގައުމާ މުހާތަބުކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ތައުލީމީ ދާއިރާއަށް ބޮޑު ސަމާލުކަމެއް ދެނީ ވިސްނުން ތޫނު، އިލްމީ، ހެޔޮ ލަފާ ޖީލެއް ބިނާ ކުރުމަށް ކަމަށެވެ. މި ކަމުގައި ޓީޗަރުންނާއި އެ ދާއިރާގެ އެންމެހާ މުވައްޒަފުންގެ އަގު ސަރުކާރުން ވަޒަން ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދު ފެށުނު މެއި މަހާއެކު ޓީޗަރުންގެ މުސާރައަށް އެ މުހިންމު ބަދަލު އަންނާނެ ކަން އިއުލާނު ކުރުމަކީ މި އަހަރުގެ ފިތުރު އީދާއި، މިއަދު ފާހަގަކުރާ މަސައްކަތްތެރިކަމުގެ ދުވަހަށް ލިބިގެންދާ އިތުރު ފުރިހަމަ ކަމެއް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންސާނީ ވަސީލަތް ބިނާ ކުރުމަށް އެންމެ ބުރައެއް އުފުލަނީ ޓީޗަރުންނެވެ. ޓީޗަރުންގެ މުސާރަ އަށް ގެނައި ބަދަލަކީ ގައުމު ބިނާ ކުރުމަށް ގެނައި ބަދަލެއް ކަމަށް ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް