އުތީމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދާއި އުތީމު ހިމެނޭ ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ އެވެ.
އުތީމު އާ އިންޖީނުގޭގެ މަސައްކަތް މިމަހުގެ ދެވަނަ ދުވަހު ހަވާލުކޮށްފައިވަނީ ނަސާ ލިންކް ޕްރައިވެޓް ލިމިޓެޑަށެވެ.
މި މަމަސައްކަތް ހަވާލުކޮށްފައިވަނީ 7.03 މިލިއަން ރުފިޔާ އަށެވެ. މިމަސައްކަތް މިއަހަރުގެ ނޮވެމްބަރު ފަސްވަނަ ދުވަހުގެ ކުރިން ނިންމަންޖެހޭ ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.