ads
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިހާތަނަށް ފިތުރު ޒަކާތުގެ ގޮތުގައި ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ
1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 7,111,354.00 (ހަތް މިލިއަން އެއްލައްކަ އެގާރަހާސް ތިންސަތޭކަ ފަންސާސް ހަތަރު ރުފިޔާ) ލިބިފައި ވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި މުއްދަތުގައި ޒަކާތް ދައްކާފައިވަނީ  159,290 (އެއްލައްކަ ފަންސާސް ނުވަހާސް ދުއިސައްތަ ނުވަދިހަ) މީހުންނެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ، މާލޭ ސިޓީގެ ފަގީރުންގެ ލިސްޓްގައި ހިމެނިފައިވާ 1782 މީހުންގެ ތެރެއިން 1780 މީހުންގެ ފައިސާ އެ ފަރާތްތަކުގެ އެކައުންޓްތަކަށް އިއްޔެ ޖަމާކުރެވިފައިވާ ކަމަށާއި، ފައިސާ ޖަމާނުކުރެވިވާ 02 މީހުންނަކީ އެކައުންޓް ނެތް އަދި ނުގުޅޭ ދެފަރާތެވެ.

މި ރަމަޟާންމަހުވެސް ފިތުރު ޒަކާތް ގޮވާމުން ބަލައިގެންފައިވާއިރު އިއްޔެ ގެ ނިޔަލަށް ފިތުރުޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވަނީ ޖުމްލަ 1187.85 (އެއްހާސް އެއްސަތޭކަ އަށްޑިހަ ހަތެއް ޕޮއިންޓް އަށެއް ފަހެއް) ކިލޯ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. 

ގޮވާމުން ޒަކާތް ދައްކާފައިވަނީ 3938 (ތިންހާސް ނުވަސަތޭކަ ތިރީސް އަށެއް) މީހުންނެވެ.

މާދަމާއަކީ ފިތުރު އީދުދުވަހަށް ވާތީ، ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމާއި ބެހުން އަދި ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުން މިއަދު 01 މެއި 2022 ގެ އިރުއޮއްސި ހައެއް ޖެހުމާ ހަމައަށްކުރިއަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވާ ތަކެތި ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ސީ.އެޗް.އެސް.އީ ގެ ހޯލުގައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް