ފުލުހުން ބުނީ މަރުވެފައިވަނީ އުމުރުން 69 އަހަރުގެ އޮސްޓްރޭލިއާ ފިރިހެނެއްކަމަށެވެ.
އެމީހާ ގިނަ ވަގުތުތަކެއް ވަންދެން ޑައިވް ކުރުމަށްފަހު އެއްވެސް ހަރަކާތެއް ނެތި ފެންމަތީގައި އޮތުމުން ޑައިވް އިންސްޓަރަކްޓަރުން އެމީހާއަށް ސީޕީއާރު ދީ އޮކްސިޖަން ދީ ހެދިކަމަށް ފުލުހުން ބުނެއެވެ.
އެއަށްފަހު ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ.