ads
ފޮޓޯ: ޓައިމް
ކޮރޯނާ ވައިރަސް: ވެހިކަލާއި މޯބައިލް ފޯނުގެ އަގު އުފުލެނީ!
ކޮރޯނާ ވައިރަސް ފެތުރެން ފެށުމުގެ ސަބަބުން ޗައިނާގެ ގިނަ ފެކްޓްރީތަކެއް ވަނީ ބަންދުކޮށްފައެވެ. އޭގެތެރޭގައި އެންމެ ގިނައީ އިންޖީނުލީ އުޅަނދު އުފައްދާ ކުންފުނިތަކާއި، މޯބައިލް ފޯނު އުފައްދާ ކުންފުނިތަކެވެ.

ވެހިކަލް އުފައްދާ ގިނަ ފެކްޓްރީތައް ބަންދުކޮށްފައިވާއިރު، އެ ފެކްޓްރީތަކުގެ ވެރިންނަކީ އެެހެންގައުމުތަކުގެ ކުންފުނިތަކެވެ.

ޗައިނާގެ ކުންފުނިތައް ބަންދުކުރުމުގެ ސަބަބުން،  4،000،000،000 (ހަތަރު މިލިއަން) އައި ފޯނު 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ޝިޕް ނުކުރާނެއެވެ.  

އެހެން ގައުމުތަކުން ޗައިނާއިން އުފައްދާ ސްމާޓު ފޯނުގެ 32 ޕަސަންޓު ފޯނު މިއަހަރުގެ ފުރަތަމަ ކުއާޓާގއި ނުނެރޭނެއެވެ. އަދި ޗައިނާއިގެ ކުންފުނިޔަކުން އުފައްދާ ފޯނުތަކުގެ 5 ޕަސަންޓު މާކެޓަށް ނުނެރޭނެެއެވެ. 

ޗައިނާގެ އައު އަހަރާއި ގުޅިގެން އައި ބަންދުގެ މުއްދަތު ފެބުރުއަރީ 10 ވަނަ ދުވަހާއި ހަމައަށް އިތުރުކުރުމަށް ޗައިނާ ސަރުކާރުން ވަނީ ނިންމާފައެވެ. 

ވެހިކަލް ކުންފުނިތައް ވެސް ހުއްޓުމަކަށް: 

ސްމާޓު ފޯނުގެ އިތުރުން ޗައިނާގައި ހުރި އިންޖީނުލީ އުޅަނދު އުފައްދާ ކުންފުނިތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. 

އެގޮތުން މަޝްހޫރު ކާރު އުފައްދާ ކުންފުނި ބީއެމްޑަބްލިއު އިން ވަނީ ޗައިނާގައި ކާރު އުފެއްދުން ވަގުތީގޮތުން މެދުކަނޑާލައިފައެވެ. 

މީގެ އިތުރުން، ޔުންޑާއީ މޮޓޯގެ 37 ޕަސަންޓު ވެހިކަލު އުފައްދަނީ ޗައިނާގައެވެ. މި ކުންފުނިތައް ވެސް ވަނީ ބަންދުކޮށްފައެވެ. 

ޖަރުމަނު ވިލާތު ބްރޭންޑުތަކުގެ 40 ކުންފުނި ޗައިނާގައި ހުރެެވެ. 

ވޮލްކްްސް ވޭގަން ގެ 100،000 މުވައްޒަފުން ޗައިނާގައި މަސައްކަތް ކުރެއެވެ. 

މީގެ އިތުރުން ޓެސްލާ އަދި ޓޮޔޯޓާ ކުންފުންޏަށްވެސް ވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ދަތިތަކާ ކުރިމަތިވެފައެވެ. 

މާސްކާއި، އަންގި އަދި ސެނެޓައިޒާގެ ޑިމާންޑުވެސް ބޮޑު: 

ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއެކު ސިއްހީ ދުމަތައް ބޭނުންކުރާ، މާސްކާއި، އަންގި އާއި ސާފުތާހިރުކަމަށް ބޭނުންކުރަ ސެނެޓައިޒާ ފަދަ ތަކެތީގެ އަގު ވެސް ވަނީ އުފުލިފައެވެ. 

މިގޮތުން ސިއްހީ ހިދުމަތުގައި ބޭނުންކުރާ ވަސީލަތްތަކުގެ އަގު 20 ޕަސަންޓު އުފުލިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. 

ވޯލްޑް ހެލްތު އޯގަނައިޒޭޝަން، ޑަބްލިއުއެޗްއޯ އިން ވެސް ވަނީ މިކަން ކުންފުނިތަކާއި ވިޔަފާރިތަކުގެ ސަމާލުކަމަށް ގެނެސްފައެވެ. 

އެ ޖަމިއްޔާއިން ވަނީ މި ދަނޑުވަޅުގައި މާސްކާއި، އަންގި ފަދަ ތަކެތީގެ އަގު ބޮޑު ނުކުރުމަށް އެދިފައެވެ. 

އެމެރިކާއަށް އެތެރެކުރާ މާސްކާއި، އަންގި ފަދަ ތަކެތީގެ 35 ޕަސަންޓު އެތެރެކުރަނީ ޗައިނާއިންނެވެ. 

މިހާތަނަށް މުޅި ދުނިޔެއިން 34,915 މީހަކަށް ވަނީ ކޮރޯނާ ވައިރަސް ޖެހިފައެވެ. އޭގެތެެރެއިން 6,106 މީހެއްގެ ހާލު ސީރިއަސް އެވެ. 724 މީހަކު މި ވައިރަސް ޖެހިގެން ވަނީ މަރުވެފައެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް