ads
ގުރުއާނާ ބެހޭ މަރުކަޒު ހިންގާ އިމާރާތް
ގުރުއާނާއި ބެހޭ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ބޮޑު ނުވޭ!
މި މަހުން ފެށިގެން ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މުސާރަ ބޮޑުކުރަން ނިންމާފައި ވީނަމަވެސް އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ގުރުއާނާއި ބެހޭ މަރުކަޒުގައި މަސައްކަތް ކުރާ ޓީޗަރުންގެ މުސާރަ ބޮޑު ވެފައި ނުވާކަން އެނގިއްޖެއެވެ.
Advertisement

މި މަހުގެ އެއް ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ މުސާރަ ބޮޑު ކުރައްވާ އަލަށް ގެންނެވި ބަދަލު ހިއްސާ ކުރައްވާފައެވެ. އެބަދަލާއި އެކު ގިނަ ޓީޗަރުންނަށް މަދުވެގެން 20،000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނެއެވެ. 

މި ގެނައި ބަދަލާއި އެކުވެސް ގުރުއާނާއި ބެހޭ މަރުކަޒުގައި މަސައްކަތް ކުރަމުން އަންނަ ޓީޗަރުންގެ މުސާރަ ބޮޑު ނުވާކަމަށް ބުނެ އެތަނުގައި މަސައްކަތް ކުރަމުން އަންނަ ޓީޗަރުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި ސަރުކާރުން މިފަދައިން ކަންކަން ކުރުމުން އެ ފަރާތްތައް ބާކީ ކޮށްފައިވާކަން ހާމަވެގެން ދާކަމަށް އެފަރާއްތަކުން ވަނީ ބުނެފައެވެ. 

"ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއްގެ މުސާރަ ބޮޑުވާނެ ކަމަށް ރައީސް އެންގެވިނަމަވެސް މި ތަނުގައި (ގުރުއާނާއި ބެހޭ މަރުކަޒު) ގައި މަސައްކަތް ކުރާ އެއްވެސް ޓީޗަރެއްގެ މުސާރައަށް ބަދަލެއް ނާދޭ. މިއީ ވަރަށް ދެރަ ކަންކަން. އަޅުގަނޑުމެނަކީވެސް ހަމަ ދިވެހި ޓީޗަރުން." އެފަރާތުން ބުންޏެވެ.

މިކަމާއި ގުޅިގެން އެ ތަނުގައި މަސައްކަތް ކުރާ ޓީޗަރުން އެޑިއުކޭޝަން މިނިސްޓްރީއަށް އެ ފަރާތްތަކުގެ ކަންބޮޑުވުން ހިއްސާ ކޮށްފައި ވާކަމަށް ބުނެއެވެ. އަދި ސަރުކާރުން އެކުލަވާލި އާ އޮނިގަނޑަށް އެ ޓީޗަރުން ވައްދާނެ ކަމަށް މިނިސްޓްރީން ބުނި ކަމަށް އެފަރާއްތަކުން ވަނީ ބުނެފައިވެއެވެ. 

އެހެން ނަމަވެސް އާ އޮނިގަނޑުގެ އުސޫލުގެ ދަށުން މުސާރަ ބޮޑުވިޔަސް ބޮޑުވާނީ، ޖޫން މަހުން ފެށިގެން ކަމަށް މިނިސްޓްރީން ބުނި ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް