ads
ކޯސްޓު ގާޑުން ސައީދު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ
ސައީދު މަސް ހިފުމަށް ބޭނުން ކުރިކަމަށް ލަފާކުރެވޭ އާލާތެއް ފެނިއްޖެ
ފުވައްމުލަކު ނެރު ކައިރިއަށް ޑައިވިނަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު މުހައްމަދު ސައީދު މަސް ހިފުމަށް ބޭނުން ކުރި ކަމަށް ލަފާކުރެވޭ އާލާތެއް ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
Advertisement

އިއްޔެ ފުވައްމުލަކު ބޭރުން ޑައިވްކުރަނިކޮށް ގެއްލުނު މުހައްމަދު ސަޢީދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސިފައިން ހުއްޓުމެއްނެތި ކުރިއަށްގެންދަނިކޮށް ސައީދު މަސް ހިފުމަށް ބޭނުން ކުރިކަމަށް ލަފާ ކުރެވޭ އާލާތެއް ކޯސްޓްގާޑް ޑައިވަރުންނަށް ފެނިފައިވަނީ 59 މީޓަރު އަޑިން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

ސައީދު ބޭނުން ކުރި ކަމަށް ބެލެވޭ އާލާތް ފެނުނު ސަހައްދު ހުރީ ސްލޯޕެއްގޮތަށް އުފެދިފައި ކަމަށާއި މި އާލާތް ފެނުނު ޕޮއިންޓުން ފެށިގެން 70 އާއި 100 މީޓަރާ ދެމެދުގެ ފުންމިން ހުންނާނެކަމަށް ލަފާކުރެވޭ ކަމަށް ކޯސްޓްގާޑުން ބުނެއެވެ. އޭނާ ހޯދުމަށް މިހާތަނަށް ކަނޑުގެ އަޑިން 550 މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑުގެ ޑައިވިންގ ޓީމުން ވަނީ ބަލާފައެވެ.

your imageސައީދު ގެންގުޅުނު ކަމަށް ލަފާކުރެވޭ ދަގަނޑެއް

އުމުރުން 44 އަހަރުގެ ސައީދު ހޯދުމުގެ މަސައްކަތް މިހާރު ފުޅާކޮށްފައިވާކަމަށާއި އެގޮތުން، ކޯސްޓްގާޑުގެ ޑައިވަރުން ކަނޑު އަޑިން ހޯދަމުންދާއިރު، ކޯސްޓްގާޑް ހާބަ ޕެޓްރޯލް އުޅަނދުން އަންނަނީ ކަނޑުގެ ސަރަޙައްދު ބަލަމުންނެވެ. އަދި އޮޕަރޭޝަން އިތުރަށް ފުޅާކޮށް، އެމްއެންޑީއެފް ޑޯނިއާ އާއި ހެލިކޮޕްޓަރު ވެސް ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.

މިއަދުގެ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް 40 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މި އޮޕަރޭޝަންގައި އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑާއި ވައިގެ އުޅަނދު ފަހަރު މެދުވެރިކޮށް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ހިންގަމުންދާ މި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސަޢީދު ހޯދުމަށް ކުރެވޭ މަސައްކަތުގައި ދިވެހި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރާކަމަށް ކޯސްޓްގާޑްއިން ފާހަގަ ކުރެއެވެ.

ގެއްލިގެން ހޯދަމުންދާ ސަޢީދު ޑައިވިނަށް ފޭބީ އިއްޔެގެ 14:30 ހާއިރުކަމަށާއި، ފީނަން ފޭބި އިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއްކަމަށާއި އަދި އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮންނާނެކަމަށް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާކަމަށް ވެސް ބުނެއެވެ.

ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިންގ ޕޮއިންޓަށް ޑައިވިނަށް ފޭބި ސަޢީދު ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މެއި 2 ވަނަ ދުވަހު 15:36 ހާއިރުއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް