ads
ޕީޕީއެމްގެ ކޮންގްރެސްގެ ތެރެއިން---ފޮޓޯ: އަވަސް އޮންލައިން
ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމުން އަދި ނުފުދޭ
ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމުން އަދި ނުފުދޭ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވުސް (ޕީޕީއެމް ) އިން ބުނެފިއެވެ.
ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމުން އަދި ނުފުދޭ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވުސް (ޕީޕީއެމް ) އިން ބުނެފިއެވެ.

މިކަން ހާމަކޮށް ޕީޕީއެމުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިޓީއެއްގެ ދަރަޖައާއެކު އެއާ ގުޅިގެން އަންނަ ތަރައްގީ ވަގުތުން ފެއްޓެވުމަށް މި ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ފުރިހަމަކޮށް ހަލުވި ސްޕީޑުގައި ސަރުކާރުން އެ މަސައްކަތް ކުރިއަށް ގެންގޮސް، ކުޅުދުއްފުށީގެ ރައްޔިތުން އެދޭފަދަ ތަރައްގީ ވީހާ އަވަހަށް ފޯރު ކޮށްދިނުމަށްވެސް އެ ޕާޓީން ގޮވާލާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި އެރަށަށް ސިޓީއެއްގެ ދަރަޖަ ލިބުނީ އެ ރަށުގެ ރައްޔިތުންގެ ބުރަ މަސައްކަތުން ކަމަށާއި ކުޅުދުއްފުށްޓަކީ އަބަދުވެސް ތަރައްގީއަށް ލޯބި ކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށް އެ ބަޔާނުގައި ވެއެވެ.

ދިވެހި ގައުމުގެ މިނިވަން ކަމުގެ ދިފާއުގައި އަބަދުވެސް ތެދުވާ ރައްޔިތުންތަކެއް އުޅޭކަން ފާހަގަ ކޮށް އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ގައުމުގެ މިނިވަންކަން ގެއްލުމުގެ ބިރު ހީވާ ވަގުތުތަކުގައިވެސް ކުޅުދުއްފުށި ފާހަގަކުރެވެނީ އެންމެ ކުރީ ސަފުގައި މަގު ދައްކަން ތިބޭ ބައެއްގެ ގޮތުގައި ކަމަށެވެ.

އަދި ރައީސް ޔާމީން ކުޅުދުއްފުއްޓަށް ގެނެސްދެއްވި ތަރައްގީގެ މިސްރާބަކީ ފުދުންތެރި އަދި ވިޔަފާރީގެ މަރުކަޒަކަށް ކުޅުދުއްފުށި ހެއްދެވުން ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އަދި އެ ތަސައްވުރު އަބަދުވެސް އިދިކޮޅު ކޯލިޝަނުން ދަމަހަައްޓާނެ ކަމަށް ބަޔާނުގައި ވެއެވެ.

ކުޅުދުއްފުށި ސީޓީއަކަށް ބަދަލު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމެވީ ނިމިދިޔަ މަހުގެ 31 ވަނަ ދުވަހުގައެވެ. ކުޅުދުއްފުށި ސިޓީއެއްގެ ދަރަޖަ ލިބުމުން އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް، އިންތިޚާބީ 6 ދާއިރާއަކަށް ކުޅުދުއްފުށި ބެހިގެންދާނެ އެވެ. އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގެ ގާނޫނީ ބާރު ލިބިފައިވަނީ އިލެކްޝަންސް ކޮމިޝަނަށެވެ.

އެ ކޮމިޝަނުން އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގެ ކުރިން ސިޔާސީ ޕާޓީތަކާއި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާ އަބަދުވެސް މަޝްވަރާކުރެ އެވެ. ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް