ads
އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު
ގުރުއާނާ ބެހޭ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް ބޮޑުވާނެ: މިނިސްޓަރު
އިސްލާމިކު މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ގުރުއާނާއި ބެހޭ މަރުކަޒުގައި މަސައްކަތް ކުރާ ޓީޗަރުންގެ މުސާރަ ވެސް އާ އޮނިގަނޑުގެ ދަށުން ބޮޑުވާނެ ކަމަށް އިސްލާމިކު މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅު ވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ، ގުރުއާނާއި ބެހޭ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ބޮޑު ނުކުރާ ކަމަށް ބުނެ އެ މަރުކަޒުގައި މަސައްކަތް ކުރާ ބައެއް ޓީޗަރުން ނުރުހުން ފާޅުކުރަމުން ގެންދަނިކޮށެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އާއި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒާހިރު ވިދާޅުވީ، އެ މަރުކަޒުގައި މަސައްކަތް ކުރާ ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަށް ނިންމާފައި ވާކަމަށް ސަރުކާރުން މިމަހުގެ އެއް ވަނަ ދުވަހު އަންގާފައި ވާކަމަށެވެ. ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑުގެ ދަށުން އެ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ބޮޑު ނުކުރާ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

"ރައީސް އޮފީހުން ވަނީ މޭ މަހުގެ އެއް ވަނަ ދުވަހު ގުރުއާނާއި ބެހޭ މަރުކަޒުގައި މަސައްކަތް ކުރާ ޓީޗަރުންގެ މުސާރަ ބޮޑު ކުރަން ނިންމާފައި ވާކަމަށް ބުނެ ސިޓީ ފޮނުވާފައި. މުސާރަ ބޮޑު ނުވާކަމަށް ބުނެ ދައްކަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ. 

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އެމަރުކަޒުގައި ވެސް ތިބެނީ ސަރުކާރުން ކަނޑައަޅާފައިވާ އޮނިގަނޑުގެ ދަށުން އައްޔަން ކޮށްފައިވާ ޓީޗަރުން ކަމަށާއި، އެހެން ކަމުން އާ އޮނިގަނޑުގެ ދަށުން އެ ޓީޗަރުންގެ މުސާރަ ވެސް ބޮޑުވާނެ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ނުދެއްކުމަށް ވެސް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފަ އެވެ. 

މި މަހުގެ އެއް ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ މުސާރަ ބޮޑު ކުރައްވާ އަލަށް ގެންނެވި ބަދަލު ހިއްސާ ކުރައްވާފައެވެ. 

އެބަދަލާއި އެކު ގިނަ ޓީޗަރުންނަށް މަދުވެގެން 20،000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނެ ކަމަށް ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް