ads
ގެއްލުނު ސައީދު ހޯދުމުގެ މަސައްކަތް ކުރިއަށް- ބެލްޓެއް ފެނިއްޖެ
ސައީދު ޑައިވިނަށް ދިޔަ ސަރަހައްދުން ޑައިވިން ބެލްޓެއް ފެނިއްޖެ
ފުވައްމުލަކުގައި ޑައިވިން އަށް ގޮސް އުޅެނިކޮށް މިދިޔަ ހޯމަދުވަހު ގެއްލުނު މުހައްމަދު ސައީދު ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި، ސައީދު ޑައިވިނަށް ދިޔަ ސަރަހައްދުން ބެލްޓެއް ފެނިފައިވާކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފްގެ ޑައިވަރުންނަށް ފެނުނު މި ބެލްޓް ފެނިފައިވަނީ 68 މީޓަރު އަޑިންނެވެ. 

އެމްއެންޑީއެފް އިން ރޭވެސް ވަނީ އެސަރަހައްދުން ސައީދު މަސްހިފަން ބޭނުންކުރި ކަމަށް ބެލެވޭ އާލާތެއް (މަސްހިފާ ދަގަނޑު) ފެނިފައިވާކަމަށް ބުނެފަ އެވެ. ސައީދު މަސްހިފުމަށް ބޭނުންކުރި ކަމަށް ބެލެވޭ މި އާލާތް ފެނިފައިވަނީ 59 މީޓަރު އަޑިންނެވެ. 

އެމްއެންޑީއެފް އިން ބުނީ ސައީދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ކޯސްޓްގާޑާއި، ހެލްކޮޕްޓަރު ބޭނުން ކޮށްގެން ކުރަމުންގެންދާ ކަމަށެވެ. 

ސައީދު ގެއްލިގެން ހޯދާ ސަރަހައްދުގެ ފުންމިނަކީ 70 މީޓަރާއި 100 މީޓަރު ކަމަށް އެމްއެންޑީއެފް އިން ލަފާކުރެ އެވެ. 

އެމްއެންޑީއެފުން ބުނީ ސައީދު ޑައިވިން އަށް ފޭބިއިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއް ކަމަށެވެ. އޭނާގެ އަތުގައި ރީނދުލާއި އޮރެންޖް ކުލައިގެ ބެލޫނެއް އޮންނާނެ ކަމަށް ވެސް ބުންޏެވެ.

އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ސައީދުއާ ބެހޭ އެއްވެސް ޚަބަރެއް ވެއްޖެ ނަމަ އެމްއެންޑީއެފުން އަންގަން އެދިފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް