ފިނޭންސް މިނިސްޓްރީން ބުނީ ޓީޗަރުންނަށް މިފަހަރު މުސާރަ ބޮޑުވިއިރު ލެކްޗަރާއިންގެ މުސާރައަށް ބަދަލެއް ނައި ނަމަވެސް އަދި ކުރިއަށް އޮތްތާގައި މުސާރަ ބޮޑުވާނެ ކަމަށެވެ.
ލެކްޗަރާއިންނަކީ ޓީޗަރުންނާއި ތަފާތުބޮޑު މުސާރައެއް ލިބޭ ބަޔެކެވެ. އަދި ޓީޗަރުން ތަމްރީން ކުރާ ބަޔަކީވެސް ލެކްޗަރާއިންނެވެ.
ނަމަވެސް މިފަހަރު ޓީޗަރުންނަށް މުސާރަ ބޮޑުވިއިރު ލެކްޗާއިންގެ މުސާރައަށް ބަދަލެއް އައިސްފައި ނުވަނީ އެކި ކަންކަން އެކި މަރުހަލާ ތަކަށް ބަހާލެވިގެން ކުރިއަށްދާތީ ކަމަށެވެ.
މަސައްކަތާ ނުބައްދަލު ކުޑަ މުސާރައިގެ ޝަކުވާ ޓީޗަރުން ކުރާތާ އެތަކެއް ދުވަހެއް ވެފައި ވަނިކޮށް ރައީސް ސޯލިހް ވެވަޑައިގަތް ވައުދު ފުއްދަވައި ތައުލީމީ ދާއިރާއަށް ބޮޑު މުސާރައެއް ދިނުމަށް މިދިޔަ ހަފްތާގައި ވަނީ އާންމުކޮށް އިއުލާން ކޮށް ދެއްވައިފަ އެވެ.
ޓީޗަރުންނާއި ޕްރިންސިޕަލުންނަށް މިހާރު ގެނެސްފައި އޮތް ބަދަލުން ފެންނަ ގޮތުން އެވްރެޖްކޮށް ޓީޗަރެއްގެ މުސާރަ ލެކްޗާއިންގެ މުސާރައަށް ވުރެ ދެގުނަ ބޮޑެވެ.
އެ ބަދަލާ އެކު ޓީޗަރުން ބިނާކުރަން ތިބި ފަރާތް ކަމަށްވާ ލެކްޗަރާއިންނަށް ލިބެމުން ދަނީ މާ ކުޑަ މުސާރަރައެއް ކަމަށް ބައެއް ލެކްޗަރުން ދަނީ ބުނެ ނުރުހުން ފާޅު ކުރަމުން ނެވެ.