ads
އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ
ސުނިލް ޗެތްރީ ކުޅިވަރުގެ ދާއިރާއިން މާސްޓަރސްއަށް ކިޔަވަނީ
އިންޑިޔާގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ސުނިލް ޗެތްރީ، ގްލޯބަލް މާސްޓަރސް އިން ސްޕޯޓްސް މެނޭޖްމެންޓް އެންޑް ލީގަލް ސްކިލްސް ކިޔަވަން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ ކިޔަވަން ފެށީ، އޭނާ ކުޅުން ހުއްޓާލުމަށް ފަހު ކުޅިވަރު މެނޭޖްމެންޓްގެ ދާއިރާއިން ކުރިއަށް ދިޔުމަށެވެ. ޗެތްރީވަނީ އެއް އަހަރު ދުވަހުގެ މާސްޓަރސް ޕްރޮގްރާމެއްގައި އެންރޯލްވެފައެވެ.

މި ކޯސް ފުރިހަމަކޮށްފިނަމަ އެއް އަހަރު ފަހުން ޗެތްރީއަށް ޕޯސްޓްގްރެޖުއޭޓް ޑިގްރީއެއް ލިބޭނެއެވެ. އޭނާ އެންރޯލްވެފައިވަނީ އައިއެސްޑީއީ ލޯ ބިޒްނަސް ސްކޫލްގައެވެ. ޗެތްރީ ކިޔަވަމުންދާ ކޯޗުގެ އަގަކީ ފަނަރަ ހާސް ޔޫރޯ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ކިޔެވުމުގެ ހުރިހާ ހަރަދެއްވަނީ ސްޕޮންސަރޝިޕެއްގެ ތެރެއިން ހަމަ ޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް