ads
ރައީސް ޔާމީން--
ބިސްމީގެ ބަރަކާތުން ރައީސް ޔާމީން ފުރަތަމަ ފަހަރަށް ޓްވިޓާއަށް!
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާއަށް ރަސްމީކޮށް ނިކުމެވަޑަައިގެން ޓްވިޓާ ބޭނުން ކުރައްވަން ފައްޓަވައިފި އެވެ.

ރައީސް ޔާމީންގެ ރަސްމީ ޓްވިޓާ އެކައުންޓެއް ފުރަތަމަ ފަހަރަށް ބޭނުން ކުރައްވަން ފައްޓަވާފައި ވަނީ މިއަދު އެވެ. އެ އެކައުންޓުން ފުރަތަމަ ފަހަަރަށް ޓްވީޓެއް ކުރައްވާ ވިދާޅުވީ، ދިވެއްސަކަށް ވީތީ ފަހުރުވެރިވާ ކަމަށެވެ. 

މިއީ އެމަނިކުފާނު ސޯޝަލް މީޑިއާގައި ބޭނުންކުރައްވާނެ ރަސްމީ އެކައުންޓެވެ. މީގެ ކުރިން މިފަދަ އެކައުންޓެއް އެމަނިކުފާނު ގެންގުޅުއްވާފައެއް ނުވެއެވެ. މި އެކައުންޓު އެމަނިކުފާނު ހުޅުވާފައިވަނީ މިއަދު އިރުއޮއްސި 19:19 ގައެވެ. 

އެކައުންޓު ހުޅުވިތާ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި 400 އަށްވުރެ ގިނަ މީހުން ވަނީ އެއެކައުންޓް ފޮލޯކޮށްފައެވެ. އަދި މިހާރުވެސް ދަނީ ގިނަ ބަޔަކު ފޮލޯކުރަމުންނެވެ. 

ނަމަވެސް އެމަނިކުފާނު ފޮލޯކުރައްވާފައިވަނީ އެންމެ އެކައުންޓެކެވެ. އެއީ އެމަނިކުފާނުގެ ޕާޓީ ޕީޕީއެމްގެ ޓްވިޓާ އެކައުންޓެވެ. 

ރައީސް ޔާމީން ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާއަށް ރަސްމީކޮށް ނިކުންނެވިއިރު، އެމަނިކުފާނަށް އިއްވި ޖަލު ހުކުމުން މިނިވަންވި ދުވަހުން ފެށިގެން އަންނަނީ ސިޔާސީ ހަރަކާތް ވަރަށް ބާރަށް ކުރިއަށް ގެންދަވަމުންނެވެ. ހާއްސަކޮށް އެމަނިކުފާނު އިސްކޮށް ހުންނަވާ "އިންޑިއާ އައުޓް" ހަރަކާތް ވަރަށް ބާރަށް ދަނީ ކުރިއަށް ގެންދަމުންނެވެ. 

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް