ads
ކުރިން ހިންގި މާރާމާރީއެއްގައި މީހަކު ހައްޔަރުކޮށްގެން ގެންދަނީ
ހުޅުމާލޭގައި އަނެއްކާވެސް 2 މާރާމާރީއެއް ހިންގާ ބަޔަކު ޒަހަމުކޮށްލައިފި
ހުޅުމާލޭގައި ގޭންގަކުން މާރާމާރީ އެއް ހިންގާ އަނެއްކާވެސް ބަޔަކު ޒަހަމުކޮށްލައިފި އެވެ.

ހުޅުމާލޭގައި ދެ މާރާމާރީއެއް ހިންގައިގެން އުޅޭކަން ފުލުހުން ވަނީ "ސީއެންއެމް" އަށް ކަަށަވަރުކޮށްދީފައެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު އެ މާރާމާރީގައި ދެމީހަކު ޒަހަމުވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. 

މައުލޫމާތު ލިބޭ ގޮތުން ފުރަތަމަ މާރާމާރީ ހިންގާފައިވަނީ ހުޅުމާލޭގައި ހުންނަ "ލަޔާ" ކެފޭއަށް ބަޔަކު ވަދެއެވެ. އެތަނަށް ގްރޫޕަކުން ވަދެ އެތަނުގައި ތިބި ބަޔަކަށް ވަޅިން ހަމަލާދިން ކަމަށް ވެއެެވެ. ފުލުުހުން ބުނީ، އެ މާރާމާރީގެ ރިޕޯޓު ލިބުނީ 21:17 ހާއިރު ކަމަށެވެ.

އޭގެ ފަހުން ދެވަނަ ހަމަލާއެއް ދީފައިވަނީ ހުޅުމާލޭގެ ދެވަނަ ފޭސްގައި ކަމަށް މައުލޫމާތު ލިބެއެވެ. އެ ސަރަހައްދުގައި ވެސް ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވާއިރު، ފުލުުހުން ބުނީ، އެ މާރާމާރީގެ ރިޕޯޓު ލިބުނީ 21:32 ހާއިރު ކަމަށެވެ.

ފިތުރު އީދު ދުވަހު ވެސް މާލޭގައި ވަނީ ދެމާރާމާރީއެއް ހިންގާފައެވެ. މި މާރާމާރީ ތަކުގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާތައް ވެފައި ވާއިރު، ދެ މީހަކަށް ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. 

އެ ދުވަހުގެ ފުރަތަމަ މާރާމާރީ ހިނގީ ފަތިހު 05:48 ހާއިރު މާވެޔޮ މިސްކިތް ކައިރިންނެވެ. އެ މާރާމާރީގައި ޒަހަމްވި ދެމީހުންނަށް ފަރުވާ ދީފައިވަނީ އައިޖީއެމްއެޗްގައެވެ. 

ދެވަނަ މާރާމާރީ ހިނގީ އެދުވަހު ހެނދުނު 09:17 ހާއިރު ޖަނަވަރީ މަގުގައެވެ. އެ މާރާމާރީގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ގުރޫޕަކުން މަގުމަތީ ހިނގާފައިދާ ބަޔަކަށް ބޮޑެތި ވަޅިން ހަމަލާދޭ މަންޒަރު ފެނިގެން ދެއެވެ. 

މި މާރާމާރީ ތަކާއި ގުޅިގެން ފުލުހުން ބުނީ، އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި، އެހެން ނަމަވެސް މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް