ads
ފައިސަލް ނަސީމް---
"ކޮވިޑުގެ ސަބަބުން ފަތުރުވެރިކަމަށް 70 ބިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު"
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބިލިއަނުން ގެއްލުވިއިރު، އެ ހީނަރުކަމުން އަރައިގަނެވުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަރުދަނާ ސިޔާސަތުތަކާއި އަމިއްލަ ވިޔަފާރިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމުއިއްޔާ (ޔޫއެންޑަބްލިއުޓީއޯ) އާ ގުޅިގެން އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުالله ޝާހިދު އިންތިޒާމު ކުރެއްވި މަތީ ފެންވަރުގެ ތީމެޓިކް ބަހުސްގައި "ޕުޓިން ސަސްޓެއިނަބަލް އެންޑް ރެޒިލިއެންޓް ޓޫރިޒަމް އެޓް ދި ހާޓް އޮފް އެން އިންކްލޫސިވް ރިކަވަރީ" މައުލޫއަށް ފައިސަލް ވިދާޅުވީ، ޤައުމުގެ ޖީޑީޕީގެ 60 އިންސައްތަ ދަށަށް ދިޔައިރު، 4.6 ބިލިއަން އެމެރިކާ ޑޮލަރު(70 ބިލިއަން ދިވެހި ރުފިޔާ) އަށްވުރެ ބޮޑު ގެއްލުމާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

ރާއްޖޭގެ ބޮޑުމިނާއި އޮންނަ ސަރަހައްދާއި އަދި ތަރައްޤީއަށް ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވީ ފަހުން ފަންސާސް އަހަރު ވީއިރު، ފަތުރުވެރިކަމަކީ ރާއްޖޭގެ ޖީޑީޕީގެ 45 އިންސައްތަ ހިއްސާކުރާ އަދި ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން އައުމުގެ މައިގަނޑު ބާރަކަށް ވެގެންގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ކޮވިޑު-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރަން މަޖުބޫރުވިކަން ފާހަގަކުރައްވާ ފައިސަލް ވަނީ އޭގެ ފަހުން ބޯޑަރު އަލުން ކާމިޔާބުކަމާއެކު ހުޅުވާލެވި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ފުރުސަތު ލިބި، ރާއްޖޭގެ އިޤްތިސާދު ރަނގަޅުވުމުގެ މަގުމަތީގައިވާކަން ފާހަގަކުރައްވާފައެވެ. އަދި 2021 ވަނަ އަހަރު އަމާޒުހިފި އެއް މިލިއަން ފަތުރުވެރިންގެ އަމާޒަށް ވުރެ 30 އިންސައްތަ އިތުރަށް ހާސިލުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މިކަމުގައި ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާކަން ވެސް ފާހަގަކުރެއްވިއެވެ. އެގޮތުން މިނިމަމް ވޭޖް ކަނޑައެޅުމުގެ ޤާނޫނެއް މި ސަރުކާރުން ވުޖޫދަށް ގެނެސް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 13،000 އަށްވުރެ ގިނަ މުވައްޒަފުންނަށް އޭގެ ފައިދާ ލިބިދީފައިވާކަމަށާއި އަދި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް އޭގެ ފައިދާ ލިބޭގޮތަށް ޓޫރިޒަމް ސިނާއަތުގެ ސަވިސް ޗާޖްގެ ގޮތުގައި 10 އިންސައްތަ ނަގަންޖެހޭގޮތަށް ޤާނޫނެއް ވުޖޫދަށް ގެނެސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ޘަޤާފަތާއި ތަރިކަ އާއި، ޖަޒީރާ ވަންތަ ދިރިއުޅުމުގެ ވައްޓަފާޅި ތަޖުރިބާކުރުމުގެ ފުރުސަތު ފަތުރުވެރިންނަށް ތަނަވަސްވާނެހެން ފަތުރުވެރިކަން ރަށްތަކަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ހާއްސަކޮށް މި ސިނާއަތުގައި އަންހެނުންނާއި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރަން ކުރަމުން އަންނަ ކަންކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. 

ރާއްޖޭގެ ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭނަކީ، ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުންދޭ އަހަންމިއްޔަތު ފެނިގެންދާނެ ޕްލޭނެއްކަން ވެސް ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް