ads
ދިޝާ ޕަޓާނީ-
ދުވަހަކު ވެސް މީހަކު ލޯބި ހުށަހަޅާފައެެއް ނުވޭ، ހަޔާތް ވަރަށް ހިތާމަވެރި: ދިޝާ
ބޮލީވުޑުގެ ބަތަލާ ދިޝާ ޕަޓާނީއަށް މިހާތަނަށް އެއްވެސް މީހަކު ލޯބި ހުށަހަޅާފައި ނުވާކަމަށާއި އޭނާގެ ދިރިއުޅުން ވަރަށް ހިތާމަވެރި ކަމަށް ދިޝާ ބުނެފި އެވެ.
Advertisement

ދިޝާ މިކަން ހާމަކޮށްފައި އޭނާ ފެނިގެންދާ ފިލްމު، "މަލަންގު" ގެ ޕްރޮމޯޝަނަލް އިންޓަވިއުއެއްގެ ތެރެއިން ކަމަށް ވެއެވެ. އެގޮތުން އިންޓަވިއުގެ ތެރެއިން ޓީވީ ހޯސްޓް ސިދާތު ކަންނަން ވަނީ ދިޝާއަށް މިހާތަނަށް ކިތައް މީހުން ލޯބި ހުށަހަޅާފައިވޭތޯ އާއި އޭގެ ތެރެއިން ކިތައް މީހުންނަށް އާއެކޭ ބުނިތޯ ސުވާލުކޮށްފަ އެވެ. 

ޖަވާބުގައި ދިޝާ ވަނީ އޭނާއަށް މިހާތަނަށް އެއްވެސް މީހަކު ލޯބި ހުށަހަޅާފައި ނުވާ ކަމަށް ބުނެފަ އެވެ. އަދި ބައްޕައަކީ ފޮލިހެއް ކަމަށާއި އެހެންވެ އެއްވެސް މީހަކު އޭނާ ކައިރީ ބޭރަށް ދާން ވެސް ނުބުނާ ކަމަށް ބުންޏެވެ. އަދި ކޮލެޖު ހަޔާތުގައި ވެސް އެފަދަ ކަމެއް ދިމާ ނުވާ ކަމަށް ވެސް ބުންޏެވެ. 

އޭގެ އިތުރުން ދިޝާ ބުނީ ބޮލީވުޑަށް ތައާރަފުވި ފަހުން ވެސް އޭނާ އެހާ ވަރަށް ޕާޓީތަކަށް ގޮސް ނުހަދާ ކަމަށެވެ. އަދި އެހާ މީހުންނާ ބައްދަލުކޮށް ނުހަދާ ކަމަށާއި އޭނާގެ ދިރިއުޅުން ވަރަށް ހިތާމަވެރި ކަމަށެވެ. 

އެގޮތުން ދިރިއުޅުން "ހިތާމަވެރި" ކަމަށް ދިޝާ ސިފަ ކުރުމާއެކު އޭނާއާއެކު މަލަންގުގައި ފެނިގެންދާ ތަރިން، އަދިތުޔާ ރޯއީ ކަޕޫރާއި ކުނާލް ކެއްމޫ އަދި އަނިލް ކަޕޫރު ވަނީ އިންޓަވިއުގެ ތެރެއިން ހޭން ފަށާފަ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ތެރޭގައި ދިޝާ އާއި ޓައިގާގެ މެދުގައި ގުޅުމެއް އޮންނަ ކަމަށް އަޑުތައް ފެތުރުނެވެ. އެގޮތުން ދެތަރިން އެކަކު އަނެކަކާއެކު ވަގުތު ހޭދަކުރުމާއި ޗުއްޓީތަކަށް އެކުގައި ގޮސް ހަދާތީ އަދިވެސް ދެތަރިންގެ މެދުގައި ގުޅުމެއް އޮންނަ ކަމަށް އަޑުތައް އަރަ އެވެ.

31%
ކަމުގޮސްފި
31%
އަޑުއެހިތާ މިހުރީ
23%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް