
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް - ކަމީނާ ޖޯންސަން ސްމިތް ގެ ކެންޑިޑެސީއަށް ރާއްޖެއިން ތާޢީދު
ކަމީނާ ޖޯންސަން ސްމިތް ގެ ކެންޑިޑެސީއަށް ރާއްޖެއިން ތާއީދު
ރިޟްވާން މޫސާ
05 މޭ 2022 - 12:50:33
ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޖެމެއިކާގެ ކަމީނާ ޖޯންސަން ސްމިތް ގެ ކެންޑިޑެސީއަށް ރާއްޖެއިން ތާއީދުކުރާކަމުގައި ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ
ކޮމަންވެލްތު ގައުމުތަކުގެ ސަރުކާރުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބާއްވާ ކޮމަންވެލްތު އޮފް ނޭޝަންސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ އިންތިހާބު އޮންނަނީ މިއަހަރުގެ ޖޫން މަހު ރުވާންޑާގެ ކިގަލީގަ އެވެ.
ޖެމެއިކާގެ ކަމީނާ ޖޯންސަން ސްމިތް ގެ ކެންޑިޑެސީއަށް ރާއްޖެއިން ތާއީދުކުރާކަން ރައީސް ކަށަވަރުކޮށްދެއްވާފައި ވަނީ މިއަދު ޖެމެއިކާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ އެންޑްރޫ މައިކަލް ހޯލްނެސްއާއެކު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ކަމީނާ ޖޯންސަން ސްމިތަކީ ޖެމެއިކާގެ ފުރަތަމަ އަންހެން މިނިސްޓާ އޮފް ފޮރިން އެފެއާޒް އެންޑް ފޮރިން ޓްރޭޑްގެ މަގާމު އަދާކުރެއްވި ބޭފުޅާއެވެ.
މިހާރު ކަމީނާ އަދާކުރައްވަނީ ޖެނީވާގެ ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ގްރޫޕްގެ ކޯޑިނޭޓަރުގެ މަގާމެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް