ads
ތައިމޫރް އަލީ ހާން--
އިންގްލޭންޑްގެ ބޯޑިން ސްކޫލަކަށް ތައިމޫރު ފޮނުވާލަނީ
ސައިފް އާއި ކަރީނާގެ ދަރިފުޅު ތައިމޫރަކީ ބޮލީވުޑުގެ އެންމެ މަގުބޫލު އެއް "ސްޓާ ކިޑް" އެވެ. ތައިމޫރު ފެންނަ ކޮންމެ ތަނަކުން އޭނާއަށް ކެމެރާތައް އަމާޒުވެ އެވެ. އެކުއްޖާއާ ގުޅިގެން ތަފާތު އެކި އަޑުތައް ވެސް އަރަ އެވެ. އެގޮތުން ތައިމޫރުގެ އުމުރުން އަހަރެއްހާ ދުވަސްވީ ފަހުން އެކުއްޖާ ބޯޑިން ސްކޫލަށް ފޮނުވަން އުޅޭކަމުގެ އަޑުތައް އެރި އެވެ.
Advertisement

އަނެއްކާ ވެސް މިވަނީ މިއަޑުތައް ގަދަވެފަ އެވެ. މުމްބާއީގެ ޕްލޭ ސްކޫލެއްގައި މިހާރު ކިޔަވަމުން އަންނަ ތައިމޫރު އިންގްލޭންޑްގެ ބޯޑިން ސްކޫލަކަށް ފޮނުވަން އެ އާއިލާއިން ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި ކިޔަވައިދިނުމަށް ތައިމޫރު ފޮނުވަން ނިންމާފައިވާ ބޯޑިން ސްކޫލަކީ ސައިފްގެ ބައްޕަ، މަންސޫރު އަލީ ޕަތައުޑީ އަދި އެއަށް ފަހު ސައިފް ވެސް އަދި ސަބާ އާއި ސޮހާ ވެސް ކިޔަވަން ދިޔަ ތަނެވެ.

ޕަޕަރާޒީންގެ އުނދަގޫ އިންތިހާއަށް ކުރިމަތިވެފައިވާ ތައިމޫރަށް އާދައިގެ ދިރިއުޅުމެއް ދޭން ބޭނުންވާ އޭނާގެ މައިންބަފައިން ގަބޫލުކުރާ ގޮތުގައި އެކަމަށް އޮތް ހަމައެކަނި ހައްލަކީ އޭނާ ބޯޑިން ސްކޫލަކަށް ފޮނުވުމެވެ. ނަމަވެސް މިހާރު މި ފެތުރެމުންދާ އަޑުތަކާ ގުޅިގެން ކަރީނާގެ އިތުރުން ސައިފް ވެސް އަދި އެއްޗެކޭ ނުބުނެ އެވެ. 

ކަރީނާ އާއި ސައިފް އަލީ ހާން ކައިވެނިކޮށްފައި ވަނީ 2012 ވަނަ އަހަރު އެވެ. އެ ދެމީހުންނަށް ދަރިއަކު ލިބިފައި ވަނީ 2016 ވަނަ އަހަރު އެވެ. ތައިމޫރަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުއްޖެކެވެ.

5%
ކަމުގޮސްފި
53%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް