މިހާރު ދަތުރުކުރާ ފެރީތައް ކޮންމެ ހުކުރު ދުވަހަކު ހުކުރު ނަމާދަށް ހިދުމަތްތައް މެދުކަނޑާލައެވެ. އެ ހިދުމަތް އަލުން ފަށަނީ 14:00ގެ ފަހުންނެވެ.
އެހެންކަމުން ކުރިއަށް އޮތް އިމްތިހާން ދުވަސްވަރު ވިލިމާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ފަސޭހަކޮށްދިނުމަށް 6 މެއިން ފެށިގެން ޖޫން 24 ގެ ނިޔަލަށް ހާއްސަ ފެރީއެއް ހުކުރު ދުވަހު ބާއްވަން އެމްޓީސީސީން ވަނީ ނިންމާފައެވެ.
އެ ފެރީގެ ހިދުމަތް ދެމުންދާނީ ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު 13:00 ގައެވެ.
މިއަހަރުގެ އޯލެވެލް އިމްތިހާން އިއްޔެ ވަނީ ފަށައިފައިވާއިރު އޭލެވެލް އިމްތިހާން ވެސް މި މަހުގެ ތެރޭގައި ފަށާނެ އެވެ.