ads
ރޯވި ކާރު---
މިރޭ ގަރާޖުގައި ރޯވީ އެތަނުގައި އޮތް ގޭސް ސިލިންޑަރެއްގައި އަލިފާން ހިފައިގެން
އިސްކަންދަރު މަގުގައި ހުރި ގަރާޖެއްގައި މިރޭ ރޯވެފައިވަނީ އެތަނުގައި އޮތް ގޭސް ސިލިންޑަރެއްގައި އަލިފާން ހިފައިގެން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މިރޭގެ ވަގުތެއްގައި އިސްކަންދަރު މަގުގައި ހުރި އޭއެސްއެމް ގަރާޖުގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި ފުރަތަމަ އަލިފާން ރޯވީ އެތަނުގައި އޮތް ގޭސް ސިލިންޑަރެއްގައި ކަމަށާއި، އެއަށްފަހު އެތަނުގައި އޮތް ކާރެއްގައި ރޯވެ އަދަމުންދިޔަ ކަމަށެވެ. 

އެ ހާދިސާގެ ރިޕޯޓު ލިބުމާއިއެކު އެމްއެންޑީއެފުގެ ފަޔަރުން އެ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފައެވެ. އަދި 21:28 ހާއިރު އަލިފާންގަނޑު ވަނީ އެއްކޮށް ނިއްވާލާފައެވެ. 

ރޯވި ކާރު ވަރަށް ބޮޑަށް ވަނީ ހަލާކުވެފައެވެ. އަލިފާނުގެ މި ހާދިސާގައި ކާރުގެ އިތުރުން އެތަނުގައި ހުރި ބައެއް އެއްޗިއްސަށްވެސް ވަނީ ގެއްލުންވެފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

ސައިކަލަކަށް ޕެޓްރޯލު އަޅަން އުޅުމުގެ ތެރޭގައި ގ. ނިއު ކޮލަންމިއާ އާ އިންވެގެންހުރި ގަރާޖެއްގައި މިދިޔަ އެޕްރީލް މަހުގެތެރޭގައިވެސް ވަނީ ރޯވެފައެވެ. އެ ގަރާޖުގައި ވެސް ވަރަށް ބޮޑަށް އަލިފާން ހިފާ ގަރާޖަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް