އެމްއެންޑީއެފުން ބުނީ، މިރޭ އަލިފާނުގެ ހާދިސާ ހިނގައިގެން އުޅެނީ އިސްކަންދަރު މަގުގައި ހުރި ގަރާޖެއްގައި ކަމަށެވެ.
ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވެ އަދަމުންދަނީ ގަރާޖުތެރޭ އޮތް ކާރެއްގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެ އަލިފާންގަނޑު މިހާރު ނިއްވާލާފައިވާއިރު، ރޯވި ކާރު ވަރަށް ބޮޑަށް ވަނީ ހަލާކުވެފައެވެ.
ރޯވި ކާރު---
ސައިކަލަކަށް ޕެޓްރޯލު އަޅަން އުޅުމުގެ ތެރޭގައި ގ. ނިއު ކޮލަންމިއާ އާ އިންވެގެންހުރި ގަރާޖެއްގައި މިދިޔަ އެޕްރީލް މަހުގެތެރޭގައިވެސް ވަނީ ރޯވެފައެވެ. އެ ގަރާޖުގައި ވަރަށް ބޮޑަށް އަލިފާން ހިފާ ގަރާޖަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.