ads
ކޮފީ ކެޕްސުލް ތަކެއް
ކޮފީ ޝިޕްމަންޓެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިއްޖެ
ކޮފީގެ އެކި ބާވައްތައް އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ނެސްޕްރެސޯގެ ކޮފީ އުފައްދާ ކާރުހާނާއަކަށް ގެނައި ކޮފީ ޝިޕްމަންޓެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތިވާތަކެތި ފެނިއްޖެއެވެ.

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން ފެނިފައިވަނީ، ސްވިޒްލޭންޑުގައި ހުންނަ ނެސްޕްރެސޯގެ ފެކްޓްރީއަކަށް ފޮނުވި ކޮފީ ބީން ޝިޕްމަންޓެއްގެ ތެރޭގައެވެ. އެ ޝިޕްމަންޓުގެ ތެރޭ 500 ކިލޯގެ ކޮކެއިން ހުރިކަމަށް ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ. 

ގާތްގަނޑަކަށް 50 މިލިއަން ޑޮލަރުގެ އަގުހުރި މި މަސްތުވާތަކެތި ފެނުމުން އެ މައްސަލަ ސްވިޒްލޭންޑުގެ ފުލުހުންނަށް ހުށައެޅީ އެ ފެކްޓްރީގައި މަސައްކަތް ކުރަމުން ދިޔަ ފަރާތްތަކުންނެވެ. 

މިކަމާއި ގުޅިގެން ނެސްޕްރެސޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ބްރެޒިލް އިން ދާދިފަހުން ފޮނުވި ކޮފީ ބީންސް ޝިޕްމަންޓެއް އަންލޯޑް ކުރަމުން ދަނިކޮށް ބައެއް ބަސްތާ ތަކުގެ ތެރެއިން ގޮތް ނޭނގޭ ހުދު ކުލައިގެ ބާވަތެއް ފެނުމުން އެ މައްސަލަ އެތަނުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުން ވަނީ ފުލުހަށް ހުށައަޅާފައި ކަމަށެވެ. އަދި ފުލުހުން ކުރިއަށް ގެންދިޔަ ތަހުލީލު ތަކުން އޭގައި ހުރީ ކޮކެއިން ކަން އެނގިފައި ވާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. 

"އަހަރެމެންގެ އުފެއްދުންތައް އުފެއްދުމަށް ބޭނުންކުރާ އެއްވެސް ޕްރޮޑަކްޓަކާ ނުވަތަ ޕްރޮޑަކްޝަން އިކުއިޕްމަންޓަކާ މި މަސްތުވާ ތަކެތި ކޮންޓެކްޓް ވެފައި ނުވޭ،" ނެސްޕްރެސޯއިން ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވެއެވެ. 

your imageނެސްޕްރެސޯ ފެކްޓްރީން ފެނުނު މަސްތުވާތަކެތި 

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ، މި މައްސަލަ އަކީ އެގައުމުގެ ފުލުހުން ބަލަމުން ގެންދާ މައްސަލައަކަށް ވުމުން މިކަމާއި ގުޅިގެން އިތުރަށް ވާހަކަ ދައްކާނީ ތަހުގީގު ނިމުމުން ކަމަށެވެ. އެހެން ނަމަވެސް ކަސްޓަމަރުންނަށް ފޯރު ކޮށްދޭ އެއްވެސް ބާވަތެއްގައި މަސްތުވާތަކެތި ނުހުންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. 

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް