ads
އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގައި: ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ ފޭސްބުކު ޕޭޖު
މަޝްވަރާ ދަތުރުފުޅެއްގައި އެޑިއުކޭޝަން މިނިސްޓަރު މެލޭޝިއާގައި
ޓީޗަރުންނާއި ޕްރިންސިޕަލުންގެ ގާބިލުކަން އިތުރު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ކުރާ މަޝްވަރާ ދަތުރުފުޅެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މެލޭޝިއާ އަށް ވަޑައިގެންފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ދަތުރުފުޅުގެ އެންމެ ބޮޑު ބޭނުމަކީ ޓީޗަރުންނާއި ސްކޫލްގެ ޕްރިންސިޕަލުންގެ ގާބިލުކަން ބިނާކުރުމުގައި ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުން ކަމަށެވެ. ނަމަވެސް އެހެނިހެން އިތުރު ދާއިރާތަކުންވެސް މި ދަތުރުފުޅުގައި މަޝްވަރާ ކުރައްވާނެ ކަމަށާއި، އެ މަޝްވަރާތަކުގެ ތަފްސީލު މިނިސްޓަރު ދަތުރުފުޅު ނިންމަވާލައްވާ ރާއްޖެ ވަޑައިގަތުމުން ހިއްސާކުރާނެކަމަށް އެ މިނިސްޓްރީން ބުންޏެވެ. 

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސީއެންއެމް" އަށް ބުނީ މިނިސްޓަރު މެލޭޝިއާ އަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް ރަސްމީ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މި މަހުގެ 13 ވަނަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިދަތުރުފުޅުގައި މިނިސްޓަރު އައިޝަތު އަލީ ވަނީ އެޑިއުސިޓީގައި ހުންނަ އައިޑީރިސި އިންޓަނޭޝަނަލް ސްކޫލަށް ޒިޔާރަތްކުރައްވައި އިސްކަންދަރު ޕުޓޭރީގެ ސީއީއޯ މިސް ޒަލީޒާ އެލިއަސް އާއި އެ ޓީމާއި މިއަދު ބައްދަލުކުރައްވާފައެވެ. އައިޑީރިސި އިންޓަނޭޝަނަލް ސްކޫލަކީ މެލޭޝިޔާގެ ފުރަތަމަ އީކޯ އިސްލާމިކް އިންޓަނޭޝަނަލް ސްކޫލެވެ.

އަދި ޑރ. އައިޝަތު އަލީ ވަނީ މެލޭޝިޔާގެ އެޑުސިޓީ އިސްކަންދަރު އަށް ވަޑައިގެން މެނޭޖިން ޑިރެކްޓަރު މިސްޓާ ވާން އަހުމަދު ސައިފުއްދީން އާއި، ޑިރެކްޓާ އޮފް އޮޕަރޭޝަންސް ޕްރޮފެސަރު ޑރ. ސަކީނާ ސޯފިއާ ބަހާރޮމް އާއި ވެސް ބައްދަލުކުރައްވާފަ އެވެ. 

އެޑިއުސިޓީ އިސްކަންދަރު އަކީ 305 އޭކަރުގެ ޔުނިވާސިޓީއެކެވެ. އެއީ މަތީ ތައުލީމުދޭ މަރުކަޒުތަކާއި، ރިސާޗް އެންޑް ޑިވެލޮޕްމަންޓް ސެންޓަރުތަކާއި، އެޑިއުސިޓީ ވިލެޖާއި، އެޑިއުސިޓީ ހަބް، އެޑިއުސިޓީ ސްޕޯޓް ކޮމްޕްލެކްސްގެ އިތުރުން މުނިފޫހިފިލުވުމުގެ ވަސީލަތްތައް ހިމެނޭ އޭޝިއާގެ ފުރަތަމަ މަލްޓި ކެމްޕަސް އެޑިއުކޭޝަން ސިޓީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް