ads
އިސްލާމިކް މިނިސްޓްރު
ކަދުރު ލިބޭނެ ކަމުގެ އުފާވެރި ހަބަރު މިނިސްޓަރު ދެއްވައިފި
މި ފެށޭ ހަފްތާ ތެރޭ ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާ ކަދުރު އިސްލާމިކް މިނިސްޓްރީއާއި ހަވާލު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ސައުދީން ހަދިޔާ ކުރާ ކަދުރު ރާއްޖޭގައި ރަމަޟާން މަސް ފެށުމުގެ ކުރިން ބެހި ނަމަވެސް އެކި ސަބަބު ތަކާއި ހެދި މި އަހަރު ކަދުރު ލިބުން ވަނީ ލަސްވެފައެވެ. 

އެކަމާއި ގުޅިގެން މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ބުނީ، ރަމަޟާން މަހުގެ ފަހު 10 ގެ ތެރޭ ކަދުރު ރާއްޖެއަށް ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް ރަމަޟާން މަސް ނިމުނު އިރުވެސް ރާއްޖެއަށް ކަދުރު ލިބިފައި ނުވެއެވެ. 

އެހެންނަމަވެސް އިސްލާމިކް މިނިސްޓަރު ޒާހިރު މިއަދު ވިދާޅުވީ، ސައުދީ އިން ރާއްޖެއަށް ހަދިޔާ ކުރި ކަދުރުގެ 25 ޓަނުގެ ޝިޕްމަންޓެއް މިހާރު ލިބިފައި ވާކަމަށާއި، ބާކީ 25 ޓަނު ކަދުރު ހޮނިހިރު ދުވަހު ލިބޭނެ ކަމަށެވެ. އަދި ސައުދީ އެމްބަސީއިން ކަދުރު ހަވާލުކުރުމަށް ބޭނުންވަނީ ރަސްމީކޮށް ކަމަށާއި، އެހެން ކަމުން އެ ރަސްމީޔާތައް ފަހު ކަދުރު ބެހުމުގެ ކަންކަން ކުރިއަށް ގެންދަން މިނިސްޓްރީން ނިންމާފައި ވާކަމަށެވެ. 

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ހުރިހާ ގެތަކަށް ކަދުރު ނުބެހުނު ނަމަވެސް، ކަދުރު ބަހާނީ އެންމެ ބޭނުން ޖެހިފައިވާ ގޭބިސީތައް ކަނޑައެޅުމަށްފަހު، ހިސާބުކޮށް، އެގޭބީސީތަކަށް އިސްކަންދީގެން ކަމަށެވެ. 

މިދިޔަ އަހަރު ކަދުރު ބެހިއިރު އިސްކަންދިނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ. އެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ކޮންމެ މީހަކަށް އެއް ޕެކެޓް ދިނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް