ads
އިންޑިޔާގެ ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ
ގިނަ އަދަދެއްގެ އަންހެނުންތަކަކަށް ފޯނުން ގުޅައި އުދަގޫކުރި މީހަކު ހައްޔަރަށް
ގިނަ އަދަދެއްގެ އަންހެނުންތަކަކަށް ފޯނުން ގުޅައި ފުރައްސާރަ ކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

އިންޑިޔާގެ އުއްތަރު ޕްރަދޭޝްއިން ވެސް ހައްޔަރު ކޮށްފައިވަނީ މިފަދައިން އަންހެނުންނަށް ފުރައްސާރަކޮށް އުޅުނު 45 އަހަރުގެ ރަވިންދުރަ ކުމާރު މަޔުރިއާ ފިރިހެނެކެވެ. 

އުއްތަރު ޕްރަދޭޝްގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ރަވިންދުރައާއި ހިލާފަށް މިފަދަ 113 މައްސަލައެއް ހުށަހެޅިފައިވެއެވެ. އެއީ އުއްތަރު ޕްރަދޭޝްގެ 36 ސަރަހައްދަކުންނެވެ. އެންމެ ގިނަ މައްސަލައެއް ހުށަހަޅާފައިވަނީ ލަކްނަވްއިންނެވެ. އެއީ 19 މައްސަލައެކެވެ.

އިންޑިޔާގެ ފުލުހުން ތަހުގީގު ކުރި މިމައްސަލާގައި އިންޑިޔާއަށް ނިސްބަތްވާ މި މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހު އިންޑިޔާގެ ޖަންގައްޔެއްގައި ފިލައި އޮއްވައެވެ. 

ފުލުހުން ބުނެފައިވާ ގޮތުގައި ރަވިންދުރަ ހިތަށް އައި ނަންބަރެއް ފޯނުގައި ޖަހައިލުމަށް ފަހު އެ ނަންބަރަކަށް ގުޅަނީއެވެ. އަދި އެއީ އަންހެނެއް ނުވަތަ އަންހެން ކުއްޖެއް ނަމަ ހަޑިހުތުރު ބަހުން ވާހަކަ ދައްކައި އެމީހަކަށް ފުރައްސާރަކޮށް އުދަނގޫ ކުރެއެވެ.

އަދި ބައެއް ފަހަރަށް ވީޑިއޯ ކޯލުތައް ކޮށްގެން ވެސް މީހުންނަށް އުދަނގޫ ކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް