ads
ގދ. ފިޔޯރީގައި ރަށުޕިކަޕެއްގައި ބަލިމީހަކު އުފުލަނީ
ފިޔޯރީގައި ބަލިމީހުން އުފުލުމަށް ރަށު ޕިކަޕް!
ގދ.ފިޔޯރީގައި ބަލިމީހުން އުފުލުމަށް އެމްބިއުލާންސް ނެތިގެން ރަށު ޕިކަޕް ބޭނުން ކޮށްފިއެވެ.

އެރަށު ކައުންސިލް ރައީސް ވިދާޅުވީ އެރަށުގައި އޮތް އެމްބިއުލާންސްއަކީ ބޭނުންކުރާތާ 14 އަހަރުވެފައިވާ އެމްބިއުލާންސެއް ކަމަށާއި އޭގެ މައްސަލަތައް ހުރިވާހަކަ މިނިސްޓްރީއަށް އެތައްފަހަރަކު ހުށަހަޅާފައިވާ ކަމަށެވެ. 

އެހެންނަމަވެސް މިއަދާ ހަމައަށްވެސް އެމްބިއުލާންސް ލިބިފައިނުވާތީ ހިތާމަ ކުއްރައްވާ ކަމަށެވެ. 

މިހާރު އެަރށުކައުންސިލްގެ ރައީސްއަކީ އެމްބިއުލާންސްގެ ކުރީގެ ޑްރައިވަރެއްގެ ހައިސިއްޔަތުން 14 އަހަރު އެ އެމްބިއުލާންސް ދުއްވާފައިވާ ފަރާތެކެވެ. 

އޭނާ ވިދާޅުވީ މިފަހަރު ރަށްރަށަށޤ އެމްބިއުލާންސް ތައް ފޮނުވި އިރު އެމްބިއުލާންސް ލިބޭނެ ކަމަށް އުއްމީދު ކުރެއްވި ކަމަށާއި އެގޮތަށް އުއްމީދު ކުރީ ވެރިއެއްގެ ފަރާތުން އެހަބަރު ލިބިފައި އޮތުމާވެސް އެކު ކަމަށެވެ. 

ސަރުކާރުން ނިކަމެތި ރައްޔިތުމީހާއަށް ހައްގު މީންވަރު ފޯރު ކޮށްދޭ ގޮތަކީ މީތޯވެސް ސުވާލު ކުރައްވައި ކައުންސިލް ރައީސް އޭނާގެ އަމިއްލަ އެކައުންޓްގައި ވަނީ ބަލިމީހަކު ރަށުޕިކަޕްގައި އުފުލާ ވީޑިއޯއެއްވެސް އާންމު ކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް