ads
ޔުނިވާސިޓީތަކުން މިއަދުގެ އިހްތިޖާޖްގައި
ބާކީ ކޮށްފައިވާ ކަމަށް ބުނެ ޔުނިވާސިޓީތަކުން އިހްތިޖާޖަށް!
ޔުނިވާސިޓީ ތަކުގައި މަސައްކަތް ކުރާ ތައުލީމީ ދާއިރާގެ މުވައްޒަފުން ސަރުކާރުން ބާކީ ކޮށްފައިވާ ކަމަށް ބުނެ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީން އިހްތިޖާޖް ކޮށްފި އެވެ.
Advertisement

މިއިހްތިޖާޖާ ގުޅޭ ގޮތުން ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަ ޑރ އައިމިނަތު ޝާފިޔާ އާދަމް "ސީއެންއެމް"އަށް ވިދާޅުވީ އިހްތިޖާޖް ކުރަން ޖެހުނީ ރާއްޖޭގެ ޓީޗަރުންގެ މުސާރަ ބޮޑުވެގެން ދިޔައިރު ޔުނިވާސިޓީގެ ލެކްޗަރައިންގެ މުސާރައަށް ބަދަލު އައިސްފައި ނުވާތީ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި، މި މެސެޖް ސަރުކާރަށް ދިނުމަށްޓަކައި މިއަދު 30 މިނިޓްގެ އިހްތިޖާޖެއް ކޮށްފައިވާ ކަމަށެވެ. އަދި މިކަމުގައި ރަނގަޅު މައުލޫމާތުތައް ހާމަވަންދެން ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. 

" އަޅުގަނޑުމެން ރައީސާވެސް ބައްދަލު ކުރާނަން. އަދި ޔުނިވާސިޓީ ކައުންސިލާވެސް ބައްދަލު ކުރާނަން މިކަމުގައި. ސަރުކާރުން މިކަން ވެފައި އޮތް ގޮތެއް ސާފު ވަންދެން އަޅުގަނޑުމެން ކުރިއަށް ގެންދާނަން" ޑރ. ޝާފިޔާ ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ.

އެކަމަށް އިޝާރާތް ކުރައްވައި ޑރ. ޝާފިޔާ ވިދާޅުވީ ގައުމަށް ބޭނުންވާ ހުރިހާ ދާއިރާއަކަށް މީހުން ބިނާ ކުރުމުގެ އެންމެ މުހިއްމު ބަޔަކީ ޔުނިވާސިޓީތައް ކަމަށެވެ. އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނައުމުގެ އެންމެ މުހިއްމު ދިރާސާތަކާއި މަސައްކަތްތައްވެސް ކޮށްފައިވާނީ ޔުނިވާސިޓީތަކުން ކަމަށް ވިދާޅުވިއެވެ. 

"އަޅުގަނޑަކީ އަމަލީ ގޮތުން އެކަމުގައި އުޅުނު މީހެއް. ޔުނިވާސިޓީ ލެކްޗަރައިންގެ މުސާރައާއި ޓީޗަރުންގެ މުސާރައާ މާބޮޑު ފަރަގެއް މިހާރަކު ނެތް" ތައުލީމީ ދާއިރާގައި 20 އަހަރު ހޭދަކޮށް އެތައް ދިރާސާތަކެއް ހައްދަވާފައިވާ ޝާފިޔާ ވިދާޅުވިއެވެ.

ޝާފިޔާ ވިދާޅުވީ މިކަމާ ގުޅޭގޮތުން ޕޭކޮމިޝަނުންވެސް މައުލޫމާތު ހޯދާފައިވާކަމަށާއި އެހެންނަމަވެސް ޔުނިވާސިޓީގެ އެކަޑަމިކް މުވައްޒަފުންގެ މުސާރައަށް ބަދަލު އައިސްފައި ނުވަނީ ކީއްވެ ކަމެއް ސާފު ނުވާ ކަމަށެވެ. 

މިކަމާގުޅޭ ގޮތުން ޕޭކޮމިޝަނުގެ މީޑިޔާ އޮފިޝަލް މުހައްމަދު ޝަނޫނު މިއަދު ސީއެންއެމްއަށް ވިދާޅުވީ ސަރުކާރުން މިވަގުތަށް މުސާރަ ބޮޑުކޮށްފައިވަނީ ހަމައެކަނި އެޑިއުކޭޝަން މިނިސްޓްރީގެ ދަށުގައިވާ ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް އެކަނި ކަމަށެވެ. އަދި ޔުނިވާސިޓީތަކުގެ ލެކްޗަރައިންގެ މުސާރައިގެ ކަންކަން ވެސް ސަރުކާރުން ބަލަމުންގެންދާކަމަށާއި، އަދި އެކަން ތަންފީޒުވާނެ ވަގުތެއް ނޭނގޭ ކަމަށެވެ. 

"އެކަން ނިންމާނީ ސަރުކާރުން. ވަގުތު ނަގައިގެން ކުރީމަ ޓީޗަރުންގެ މުސާރައިގެ ކަންކަންވެސް އެހާ ރަނގަޅަށް ނިމިފަ އެއޮތީ. ބަދަލު އަންނާނެ . އެންމެނަށް ވެސް ރަނގަޅުވާނެ" ޝަނޫނު ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް