ads
އިންތި އަދި ފައްޔާޒު: ދެ ބެފުޅުން ވެސް ތާއިދު ހޯދުމަށް ދަނީ މަސައްކަތް ކުރަމުން-- ފޮޓޯ: ސީއެންއެމް
އިންތި އާއި ފައްޔާޒު: މޮޅުވާނީ ކާކުބާ؟
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) އާއި ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. ދެމީހުންވެސް ވަރަށް ވާދަވެރި ކެމްޕޭނެއް ދަނީ ކުރަމުންނެވެ.
Advertisement

އިންތިގެ ޓީމު ލީޑުކުރަން ނުކުމެ ހުރީ "އެމްޑީޕީގެ ބޮސް" ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ފައްޔަ ގެ ޓީމުގައި ހުރި އަދި މާ ވަރުގަދަ ފަހުލަވާނެކެވެ. މިވަގުތު ރައްޔިތުންގެ ވެރިޔަކަށް ހުންނެވި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. 

އިންތިހާބު އޮންނަނީ އަންނަ ހޮނިހިރު ދުވަހުގަ އެވެ. މޮޅުވާނީ ކާކުތޯ ބަލަން ދޫކޮށްލާނީ ތިޔަ ފަރާތްތަކަށެވެ. ކޮންމެ ގޮތަކަސް އެކަކު މޮޅުވާނެ އެވެ. ބަލިވާ މީހަކު ޖެހޭނީ ހަމަ ބަލި ގަބޫލުކޮށްގެން ވަޑައިގަންނަވާންތާ އެވެ. 

your imageރައީސް ސޯލިހް އާއި ރައީސް ނަޝީދު

ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ހިންގާލަން ބޭނުންވާ ފަރާތް ހޯދުމަށް ބާއްވާ މި އިންތިހާބުގައި ޕާޓީ ހިންގުމާއި ސިޔާސީ މަސައްކަތްތަކުން ތަޖުރިބާ ހޯދާފައި ތިބި ވަރަގުގަދަ ދެ ފަހުލަވާނުންނެވެ. 

ފޯރިގަދަ މި އިންތިހާބުގެ ކާމިޔާބަށް ކުރެވޭ އުންމީދު ކުރިމަތިލާފައިވާ ދެ ކެންޑިޑޭޓުންގެ ފަރާތުންވެސް މީސް މީޑިޔާގަ އާއި، މީޑިޔާތުން ހާމަކޮށްދެ އެވެ. މީޑިޔާތަކުގެ ފަލަ ސުރުހީގައި އަބަދުވެސް އޮންނަނީ ފައްޔަ ނޫނީ އިންތިގެ ނަމެވެ. 

ފޯރިގަދަ މި ކެމްޕެއިންގައި އެމްޑީޕީއަށް ނިސްބަތްވާ ހުރިހައި މެންބަރުން ހޯދައި ދެފަރާތުންވެސް ބައްދަލުކުރަމުން އެބަ ގެންދެއެވެ. އެކި ރައްރަށުން އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް މި ޓީމުތަކަށް ހިއްސާކުރަމުން ގެންދެ އެވެ. ރާއްޖޭގައި އެންމެ މެންބަރުންގިނަ ޕާޓީގެ އިސްބޭފުޅުންގެ ތެރޭގައި ސިޔާސީ ވާދަވެރިކަން އުފެދި އެބޭފުޅެއްގެ އަމިއްލަ ސިޔާސީ ޝުއޫރުތައް ދަނީ އާއްމު ކުރަމުން ނެވެ.

ފައްޔަގެ ޓީމު- މުހިއްމީ ފޮޓޯއެއް ނޫން،  މުހިއްމީ ވޯޓު

ސަރުކާރުގެ އެންމެ މަތީ ވެރިޔާ ތާޢީދު ކުރައްވަނީ ފައްޔަ ޓީމަށްކަން އެނގެ އެވެ. އަދި މި ނޫނަސް އެންމެ ނުފޫޒުގަދަ މިނިސްޓަރުންގެ ތެރޭގައި ނަންކިޔާ ޓީމުވެސް އޮތީ ފައްޔާޒާ އެކުގައިކަން ފޮޓޯތަކުން ފެންނަން ފަށައިފި އެވެ. ނަމަވެސް ފައްޔާޒުގެ ޓީމުގެ ފޮޓޯތައް މީސްމީޑިޔާގައި މަދުކަން ހަމަ ފާހަގަ ވެ އެވެ. ފައްޔާޒް ޓީމުގެ މެންބަރުން ބުނަމުންގެންދަނީ "މުހިއްމީ ފޮޓޯ އެއް ނޫން" ކަމަށެވެ. އިންތިހާބުގައި ވާދަކޮށް ބޭނުންވާ ވޯޓު މުހިއްމު ކަމަށެވެ. އެވެސް ހަމަ ތެދު ވާހަކައެއްތާ އެވެ. 

your image އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް.

ފައްޔާޒުގެ ޓީމުންވެސް ވަނީ ހަމަ ހުރިހައި ދިމާލެއް ބަލާފައެވެ. އެންމެނާ ކަހަލަ ގޮތަކަށް ބައްދަލުކޮށްފަ އެވެ. ތާޢީދު އޮތްކަން ޓީމުން ފާހަގަވެސް އެބަ ކުރެ އެވެ. "ހީނުކުރާ ގޮތަކަށް މި ކެމްޕެއިން ދާނެ" ކަމަށް ފައްޔާޒުގެ ޓީމުންވެސް ދަނީ ބުނަމުންނެވެ. 

އިންތިގެ ޓީމު- އެމްޑީޕީ އެންމެން އިންތިއާއެކު ފޮޓޯ ނަގަން

އިންތިގެ ޓީމުންވެސް ވަނީ ފުލް ގިއަރުގައި މަސައްކަތް ޖައްސާފަ އެވެ. ހަމަ އެންމެ ވަގުތުކޮޅެއްވެސް ދުލެއް ނުކުރެ އެވެ. އިންތި އެބަ ހިތްވަރު ކުރެ އެވެ. އެމްޑީޕީގެ މެންބަރުން ތިބި ހުރިހައި ތާކަށް އިންތިވެސް ވަދެފި އެވެ. މުޅި ރާއްޖޭގެ އުތުރާއި ދެކުނު އަތްފުނާ އަޅައިފި އެވެ. 

އިންތިގެ ޓީމުގައި އެންމެ ފާހަގަ ކޮށްލެވެނީ ހިންގާ ކެމްޕެއިން ހަރަކާތްތައް ވަގުތުން ވަގުތައް އަޕްޑޭޓް ކުރަމުންދާ ކަމެވެ. ޓުވިޓާ އާއި ފޭސްބުކުގަ އެވެ. ނޫނީ މީސް މީޑިޔާގެ އެހެނިހެން ޕްލެޓް ފޯމް ތަކުގަ އެވެ. އިންތިގެ ކެމްޕޭނު ޓީމުގެ ފޮޓޯ ގްރާފަރުވެސް ހަމަ ކޮލެޓީތާ އެވެ. ބައްދަލުކުރާ އެންމެންގެ ފޮޓޯ އަޕްޑޭޓްކުރަން ހާދަ މަސައްކަތެކެވެ. 

your imageއިންތި ގއ.ދެއްވަދޫގައި. 

އެކުވެރިކޮށް އޮތް އެމްޑީޕީގެ އެތެރޭގެ މި އިންތިހާބާޢި ދިމާކޮށް އެމްޑީޕީގެ މެންބަރުންވެސް ދަނީ އެކަކު އަނެކަކަށް ބަހުގެ ހަމަލާތައްވެސް ރައްދުކުރަމުންނެވެ. މި ރިޕޯރޓްގައި މާގިނަ ވާހަކަތަކެއް ނުހިމަނައި މި ނިންމާލަނީ އެވެ. އަދި އެއް ވާހަކަ އެވެ. އިންތިއާއި ފައްޔާޒެވެ. މި މެޗުން މޮޅުވާނެ ބަޔަކަށް ކާމިޔާބަށް އެދެމެވެ. އަދި ނާކާމިޔާބާ ކުރިމަތި ލާންޖެހޭ ޓީމަށް އަލުން ހިތްވަރުކޮށް ދެން އޮންނަ އިންތިހާބަކަށް މިއަށްވުރެ ބޮޑަށް މަސައްކަތް ކުރުމަށް ހިތްވަރު ދެމެވެ. ތިޔަ ކެންޑިޑޭޓުންނަކީވެސް ހަމަ އެއްޕާޓީއެއްގެ ދެ ކެންޑިޑޭޓުން ކަމުގައި ވާތީ އެވެ. 

40%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް