ads
ޓީޗާސް އެސޯސިއޭޝަންގެ ފަރާތުން ޓީޗަރުންނާއި ބައްދަލުކުރުން--
ބޮޑުކުރި މުސާރައިގެ އަސަރު ފެންނަން ފަށާނީ އަދި 5 އަހަރު ފަހުން: ޓީޗާސް އެސޯސިއޭޝަން
ޕްރިންސިޕަލުންނަށާއި ޓީޗަރުންނަށް ބޮޑު ކުރި މުސާރައިގެ އަސަރު އެންމެ އެދެވޭ ގޮތަށް ކުރާނީ އަދި ފަސްވަރަކަށް އަހަރު ފަހުން ކަމަށް ޓީޗާސް އެސޯސިއޭޝިއަނުން ބުނެފި އެވެ.

އެ އެސޯސިއޭޝަނުން "ސީއެންއެމް" އަށް ބުނީ މުސާރައަށް އައި ބަދަލަަކާއިއެކު ޖެހިގެން އަންނަ ދުވަހު ތައުލީމީ ދާއިރާއިން އެ ބަދަލު ނުފެނިދާނެ ކަމަށާއި، އެ ކަމަށް އަދި ފަސްވަރަކަށް އަހަރު ނަގާނެ ކަމަށެވެ. 

ޓީޗަރުންގެ މުސާރަޔައް ގެނެވިފައިވާ ބަދަލަކީ އެތައް ދުވަހެއް ކުރިން އެ އެސޯސިއޭޝަނާއި އަދި އެތައްބަޔަކު ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށާއި، ސަރުކާރުން ކުރެއްވި ދިރާސާ ތަކުން ވެސް އެ ސަބަބު ފެނި، ދެނެގަނެވިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

"މުސާރައަށް ބަދަލު އައިމާ ވާގޮތަކީ މި އަހަރު ސުކޫލް ނިމޭ މޮޅު ދަރިވަރުން ވެސް ތައުލީމީ ދާއިރާ އާއި ގުޅި ޓީޗަރަކަށް ވުމުގެ ފުރުސަތު ބޮޑުވާނެ. ސުކޫލުން ނުކުންނަ ދަރިވަރުން ތަމްރީނަށް ފަހު ފަސް އަހަރުވާނެތާ ދާއިރާ އަށް ނުކުންނަން." އެ އެސޯސިއޭޝަނުން ބުންޏެވެ.

އިތުރަށް ބުނީ، މުސާރަޔާއި އިނާޔަތްތައް ބޮޑު ކޮށްފައިވަނީ ހަމަ އެކަނި ޓީޗަރުންނަށް ކަމުގައި ވިޔަސް އެ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ މުއައްޒަފުންގެ މުސާރަޔަށް ބަދަލު ގެނެވުމުގެ މަސައްކަތް ކުރުމުގައި އަބަދުވެސް އެ ސޯސިއޭޝިނަގު ފަރާތުން ދެމިތިބޭނެ ކަމަށެވެ.

މި ބަދަލު އެސޯސިއޭޝަނުގެ ފަރާތުން ސިފަކުރަނީ އެތައް ދުވަހެއްގެ އުއްމީދަށް ގެނެވުނު އަލިކަމެއްގެ ގޮތުގަޔާއި، މީގެ އަށެއްކަ އަހަރު ކުރިން ކުރަމުން އައި ވަކާލާތެއް ނިމުމުގެ ގޮތުގައެވެ. 

މި މަހުގެ އެއް ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ މުސާރަ ބޮޑު ކުރައްވާ އަލަށް ގެންނެވި ބަދަލު ހިއްސާ ކުރައްވާފައެވެ. އެބަދަލާއި އެކު ގިނަ ޓީޗަރުންނަށް މަދުވެގެން 20،000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނެއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް