ads
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
ނަޝީދު ރައީސް ފެކްޝަނަށް: އަތް ރަނގަޅަށް ބަލާލާ، ތިބޭފުޅާ އަތުގައި ވަނީ އަޅުގަނޑުގެ ލޭ!
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ ފޮރުވަން މަސައްކަތްކުރުމުގައި ސަރުކާރަށް ވާގިވެރިވާކަމަށް ތުހުމަތުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވާ އެމްޑީޕީގެ މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކެއް ރައީސް ނަޝީދު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް އަދި އެހެންވެސް ރައީސް ސޯލިހަށް ތާއިދުކުރައްވާ މެމްބަރުންނަށް އަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ މިރޭ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގޫރުޕަށް ނަޝީދު ފޮނުއްވި މެސެޖުގައި ފުރަތަމަ ވިދާޅުވީ، ސަރުކާރުގެ ތެރެއިން އެދުވަހުގެ ހަމަލާގެ ތަހުގީގު ފޮރުވަން މަސައްކަތް ކުރާ ކަމަށާއި އެ ކަމަށް މެމްބަރު ހުސައިން އެއްބާރުލުން ދެއްވާ ކަމަށެވެ.

އަދި މެމްބަރު ހުސެއިން ހުންނަވަނީ އެކަން ފޮރުވާ އެމަސައްކަތުގައި ބައިވެރިވެގެން ކަމަށް ވިދާޅުވިއެވެ.

އެ ތުހުމަތުތައް އެގޮތަށް ކުރެއްވުމުން މެމްބަރު ހުސެއިން ވިދާޅުވީ އޭނާއަކީ "އެފަދަ ކަމެއް ކުރެވޭނެ މީހެއް ނޫން" ކަމަށެވެ. އެއަށްފަހު ރައީސް ނަޝީދުވެސް ވިދާޅުވީ، އެކަނި އެވަރު ކަމެއް ނުކުރެވޭނެކަން ގަބޫލުކުރައްވާ ކަމަށާއި، އެ ތަހުގީގު ފޮރުވަން މަސައްކަތް ކުރަނީ ހުސެއިން އެކަނި ނޫންކަމަށެވެ.

މިފަދައިން ރައީސް ނަޝީދު ވާހަކަދައްކަވަން ފެއްޓެވުމުން ހުސެއިން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވަކި މީހަކަށް ތާއީދު ކުރީތީ އެފަދަ "ދޮގު އިލްޒާމުތަކެއް" އޭނާ ބޮލުގައި އަޅުވައިގެން ނުވާނެ ކަމަށެވެ. 

ނަމަވެސް ދެންވެސް ނަޝީދު ވިދާޅުވީ، މެމްބަރު ހުސެއިން އެކަމުގައި ބައިވެރިވާ ކަމަށާއި އޭނާގެ އަތުގައި އެމަނިކުފާނުގެ ލޭ ހުންނާނެ ކަމަށެވެ.

"ހުސެއިން އަމިއްލަ އަތަށް ބަލާލާ. ތިބޭފުޅާ އަތުގައި ވަނީ އަޅުގަނޑުގެ ލޭ. ތިޔަ ބޭފުޅުންގެ އަތުގައި މިހާރު ކޭއްތިފައި ތިވަނީ އަޅުގަނޑުގެ ލޭ،" ނަޝީދުގެ މެސެޖުގައިވެއެވެ. 

ރައީސް ނަޝީދުގެ މެސުޖުގައި ވިދާޅުވެފައިވަނީ އެވާހަކަތައް ދައްކަވަނީ ކަންކަން އެގިވަޑައިގެން ހުންނަވާ ކަމަށެވެ.

40%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް