މިކަމާއި ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗް ގައި ބޭނުން ކުރަމުން އައި ސިޓީ ސްކޭން މެޝިނުތަކަށް ދިމާވި ޓެކްނިކަލް މައްސަލަ އަކާއި ގުޅިގެން ސީޓީ ސްކޭން ހެދުމުގެ ހިދުމަތް މިއަދުން ފެށިގެން މެދުކަނޑާލާފައި ވާކަމަށެވެ.
އެހެން ނަމަވެސް ކުއްލި ހާލަތުގައި ކުރަންޖެހޭ ސިޓީ ސްކޭންތައް ހުޅުމާލޭ ހޮސްޕިޓަލުން ހެދުން ކުރިއަށް ދާނެ ކަމަށް އެ ހޮސްޕިޓަލުން ނެރުނު އިއުލާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އިއުލާނުގައި ބުނީ، އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ހުރި ސީޓީ ސްކޭން މެޝިނުތަކަށް ދިމާވި މައްސަލަ ހައްލު ކުރުމަށްފަހު އަންނަ ހަފްތާ ތެރޭ އަލުން ހިދުމަތް ދެވޭނެ ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް އެ ހޮސްޕިޓަލުން ވަނީ މާފަށް އެދިފައެވެ.