ads
ދަރުމެންދުރަ--
މުމްބާއީގައި ހުންނާނެ ތަނެއް ނެތުމުން ދަރޭއަށް އުޅެން ޖެހުނީ ގަރާޖެއްގައި!
ބޮލީވުޑުގެ ލެޖެންޑު ދަރުމެންދުރަ ނުވަތަ ދިވެހިންގެ ތެރޭގައި މަގްބޫލު ނަމުން ނަމަ ދަރޭއަކީ އަދިވެސް ހިންދީ ފިލްމު އިންޑަސްޓްރީން ފެންނަމުންދާ މަގްބޫލު މޫނެކެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ދަރޭ ވަނީ އޭނާގެ ކެރިއަރު ފެށުމުގެ ކުރިން އުޅުނު ގޮތުގެ ވާހަކަ ހިއްސާކޮށްފަ އެވެ. 

އެގޮތުން ދަރޭ ބުނި ގޮތުގައި އޭނާ ވަނީ އުޅޭނެ ގެޔެއް ނެތުމުން ގަރާޖެއްގައި ދިރިއުޅެ، ބޯޓު ދެއްޔާއި ގޭސް ނަގާ ކުންފުންޏެއްގައި މަސައްކަތްކޮށްފަ އެވެ. 

ދަރޭ ބުނީ އޭނާއަށް ގަރާޖެއްގައި އުޅެން ޖެހުނީ މުމްބާއީގައިި ހުންނާނެ ގެޔެއް ނެތުމުން ކަމަށެވެ. އަދި މުމްބާއީގައި އުޅެން ބޭނުންވާ ފައިސާ ހޯދަން މަސައްކަތް ކުރާ އެންމެ 200 ރުޕީޒް ލިބޭ ކުންފުންޏެއްގައި ކަމަށެވެ.

ޕަންޖާބު ސްޓޭޓަށް ނިސްބަތްވާ ދަރޭ އަކީ 1970 އަދި 1980 ގެ އަހަރުތަކުގައި އެންމެ މަޝްހޫރު އެއް ތަރި އެވެ. އޭނާގެ ބައެއް ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ފޫލް އޯރް ޕައްތަރު"، "އަނޫޕާމާ"، "ސީތާ އޯރް ގީތާ" އަދި "ޝޯލޭ" ހިމެނެ އެވެ. 

އިންޑިއާގައި އާއްމު ރައްޔިތުންނަށް ދޭ ޝަރަފުވެރި އެވޯޑެއް ކަމަށް ޕަޑްމާ ބުޝާން ހާސިލްކޮށްފައިވާ ދަރޭ ވަނީ ބައެއް ފިލްމުތައް ޕްރޮޑިއުސް ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި "ގާޔަލް" އަދި "ޔަމްލާ ޕާގްލާ ދީވާނާ 2" ހިމެނެ އެވެ. 

31%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް