ads
ސޮނެވާއިން ނ. އަތޮޅުގައި ހިންގަމުން އަންނަ ސޮނޭވާ ޖާނީ ރިސޯޓު - ފޮޓޯ:ސޮނެވާ
ކޭއެސްއެލް އިން ސޮނޭވާގެ ހިއްސާަ ގަނެ ސީއީއޯ ބަދަލުކޮށްފި
މަޝްހޫރު އޯލްޓަނޭޓިވް އިންވެސްޓްމަންޓް ކުންފުނި ކޭއެސްއެލް ކެޕިޓަލް ޕާޓްނާސް އިން ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތައް ހިންގާ ސޮނޭވާ ކުންފުނީގެ ހިއްސާގެ ބޮޑު ބައެއް ގަނެފި އެވެ.
Advertisement

މި މުއާމަލާތާ އެކު، ކޭއެސްއެލް އިން ވަނީ ސޮނޭވާ ކުންފުނީގެ ސީއީއޯގެ މަގާމަށް ނީލް ގަލަގާ އައްޔަންކޮށްފަ އެވެ.

އެމެރިކާގައި މައި އޮފީސް ހުންނަ ކޭއެސްއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އެ ކުންފުނިން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސޮނޭވާ ކުންފުނީގައި ކުރި ކުޑަ އިންވެސްޓްމަންޓަށް ބިނާކޮށް ހެދި މުއާމަލާތެއް ކަމަށެވެ. ކޭއެސްއެލް އިން ސޮނޭވާގެ ސީއީއޯގެ މަގާމަށް އައްޔަންކޮށްފައިވާ ނީލް ގަލަގާއަކީ ޔޫރަޕް، މެދު އިރުމަތި، އެމެރިކާ އަދި ކެރީބިއަން ސަރަހައްދުގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅެކެވެ.

ސޮނޭވާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ސޯނޫ ޝިވްދަސާނީ އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުނިން ފުރަތަމަ ރިސޯޓް ހުޅުވީ 1995 ގައި އެވެ. އެއީ މިހާރުގެ ސޮނޭވާ ފުށި ރިސޯޓެވެ. ސޮނޭވާއަކީ ދެމެހެއްޓެނިވި ލަގްޒަރީ ޓޫރިޒަމްގެ ދާއިރާގައި އެންމެ ކުރީ ސަފުގައި ހިމެނޭ ބްރޭންޑެކެވެ. މިހާރު ރާއްޖޭގައި ސޮނޭވާ ފުށީގެ އިތުރުން، ސޮނޭވާ ޖާނި، ސޮނޭވާ ސީކްރެޓް އަދި ސޮނޭވާ އިން އަކުއާ ޔޮޓް ގެންގުޅެ އެވެ. އަދި ތައިލެންޑުގައި ވެސް ރިސޯޓެއް ހިންގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް