
މިއަހަރު ރާއްޖެެއިން ހައްޖަށްދާ ދިވެހިން ފުރަން ފަށާނީ އަންނަ ހޯމަަދުވަހުއެވެ.
ދިވެހި ހައްޖުވެރިން ފުރަން ހަމަޖެހިފައިވާ ދުވަސްތައް
- 26 މެއި / ހޯމަަދުވަސް
- 27 މެއި / އަންގާރަ ދުވަސް
- 29 މެއި / ބުރާސްފަތި ދުވަސް
- 30 މެއި / ހުކުރު ދުވަސް
ފުލުހުން ބުނީ މިދުވަސްތަކުގައި ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާތީ، އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބާރުބޮޑުވާނެކަމަށް ބެލެވޭތީ، އެ ދުވަސްތަކުގައި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަން އެދޭކަމަށެވެ.
އެއާޕޯޓުން ފުރާ އެހެން މީހުންވެސް ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާކަމެެއްކަމަށާއި އެހެންކަމުން ހައްޖުވެރިން ފުރާ ދުވަސްތަކުގައި އެހެން ތަންތަނަށް ފުރާ މީހުންވެސް ދުރާލައި އެއާޕޯޓަށް ގޮސް ފުރުމުގެ އިންތިޒާމުތައް ނިންމުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހައްޖުވެރިންނާއި އެކު އެއާޕޯޓަށް ދާ ގާތްތިމާގެ މީހުންނާއި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުންވެސް ފުލުހުންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށާް ފުލުހުން ވަނީ އެދިފައެވެ.
މިއަހަރުވެސް ސައުދީ ސަރުކާރުން ރާއްޖެއަށް ދީފައިވަނީ 1000 މީހުންގެ ކޯޓާއެކެވެ. މީގެތެރޭގައި ސަރުކާރުގެ ހަރަދުގައި ހިލޭ ހައްޖަށް ގެންދާ 50 މީހުންވެސް ހިމެނެެެވެ. ދިވެހި ހައްޖާޖީން މިއަހަރު ސައުދީއަށް އުފުލުމަށް ނިންމާފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަނުގައެވެ.