ads
ކ. ހުރާ--
ފަގީރުންގެ ކެޓަގަރީއަށް ފެތޭމީހަކު ހުރާގައި ނެތް: ކައުންސިލް
މީގެ ހަތް އަހަރު ފާއިތުވެ ގޮސްފައިވާ އިރު ކ. ހުރާގެ ރައްޔިތަކު ފަގީރުންގެ ލިސްޓްގައި ހިމެނިފައި ނުވަނީ ހުރާގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ، ފަގީރުންގެ ކެޓަގަރީއަށް ފެތޭމީހަކު އެ ރަށުގެ އާބާދީގައި ނުހިމެނޭތީ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
Advertisement

ހުރާ ކައުންސިލުގެ، ރައީސް އިސާ އަހުމަދު "ސީއެންއެމް" އަށް ވިދާޅުވީ، މީގެ ހަތް އަހަރު ކުރިން ފެށިގެން މިއަދާ ހަމަޔަށް އައި އިރު، އެ ރަށުގެ އެއްވެސް ރައްޔިތަކު ފަގީރުންގެ ލިސްްޓުގައި ޖެހިފައި ނުވާކަަމަށެވެ. 

ސަބަބަކަށް ވިދާޅުވީ، އާބާދީގެ ގިނަ މީހުން ވަޒީފާތަކުގައި އުޅެމުންދިއުމެވެ.

އެ ރަށުގެ ރައްޔިތުން ފަގީރުންގެ ދަފްތަރުގައި ޖެހެން ބޭނުނުވާ ސަބަބު އިތުރަށް ވިދާޅުވަމުން އީސާ ފާހަގަ ކުރެއްވީ އެ ރަށުގެ ކައިރީގައި ރިސޯޓްތައް ތިބުމާއި، އަމިއްލަ މަަސައްކަތްތަށް އެ ރަށުގައި ފުޅާވެފައި ވުމާއި، ރަށުގެ ހުންނަ އެކި އެކި ގެސްޓް ހައުސްތަކުގެ ވަޒީފާގައި ގިނަބަޔަކު އުޅުމެވެ.

އެހެންކަމުން އަތްމަތި ތަނަވަސްވެ ރައްޔިތުންގެ ފުދުން ތެރިކަން އިތުރުވެފައިވާތީ އެއްވެސް ރައްޔިތަކު ފަގީރުންގެ ލިސްޓްގައި ޖެހެންބޭނުން ނުވަނީ ކަމަށް އީސަ ވިދާޅުވިއެވެ. 

"ފަގީރުންގެ ކެޓަގަރީގެ ހިމެނޭ މީހަކު ހަމަ ނެތް. ސަރުކާރުން ކޮންމެ އަހަރަކު އެ ފުރުސަތު ހުޅުވާލާ. ނަމަވެސް އެ ފުރުސަތުގެ ބޭނުން ވެސް ކުރާނެ މީހަކުވެސް މި ރަށުގައި ނުހުރޭ. އެ ކެޓަގެރީ އަށް ފެތޭ މީހަކުވެސް ނުހުންނަނީ." އޭނާ ވިދާޅުވިއެވެ.

ކައުންސިލުން ވަޒީފާ ތަކަށް ހުޅުވާލިޔަސް އެ ވަޒީފާތަކަށް ލާނެ މީހަކުވެސް ނުވާ ކަމަށާއި، ސަބަބަކީ ގިނަ ފަރާތްތަށް ބޭނުންވަނީ މުސާރަ ބޮޑު ފުދުން ތެރި ދިރިއުޅުމެއް ކަމަށެވެ. އެހެން ކަމުން ރިޒޯޓް ތަކުގެ ވަޒީފާ އަށް ގޮސް ރަށުގެ އެންމެންގެ ފުދުންތެރިކަން އިތުރު ވެފައިވާތީ ރަށުން ހުޅުވާލާ ވަޒީފާ އަށް ވެސް ލާނެ ފަރާތެއް ނުވާ ކަމަށް ވިދާޅުވިއެވެ.

ރަށުގެ ނިސްބަތުން ރަށުގެ އެންމެން ކަހަލަ ގޮތަކަށް ވަޒީފާތަކަށްދާ ކަމަށާއި، ރަށަކީ ފުދުން ތެރި ފަގީރުންގެ ކެޓަގެރީގައި ނުހިމެނޭ ރަށެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރަށުގެ ރަޖިސްޓްރީ އާބާދީގައި 1260 މީހުން ތިބިއިރު، އެހެން ހިސާބުތަކުން އައިސް ދިރިއުޅެން ފަށާފައިވާ މީހުންނާއިއެކު މިވަގުތު ރަށުގައި ޖުމްލަ 2500 އެއްހާ މީހުން ދިރިއުޅެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް