ads
ކ.ހުރާ
ހުރާގައި ކޯޓަކާއި ފުލުހުންގެ އިދާރާއެއް ބޭނުމެއް ނުވޭ: ހުރާ ކައުންސިލް
ކ. ހުރާއަކީ ކުށްމަދު އަމާން ވެއްޓެއް ގާއިމުވެފައިވާ ރަށެއް ކަމަށާއި، އެ ރަށުގައި ކޯޓަކާއި ފުލުހުންގެ އިދާރާއެއް ބޭނުން ނުވާކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު "ސީއެންއެމް" އަށް ވިދާޅުވީ އެ ރަށުގެ ރަޖިސްޓްރީ އާބާދީގައި 1260 މީހުން ތިބިއިރު، ރަށުގައި ޖުމްލަ 2500 އެއްހާ މީހުން ދިރިއުޅެމުންދާ ކަމަށެވެ.

ނަމަވެސް މައްސަލަތައް މަދު އެ ރަށަކީ ބަސްއަހާ ރައްޔިތުން ތަކެއް ދިރިއުޅޭ ރަށެއް ކަމަށް ވިދާޅުވެ އޭނާ ފާހަގަ ކުރެއްވީ ހަގީގަތަށް ބުނާނަމަ އެ ރަށުގައި ކޯޓަކާއި ފުލުހުންގެ ހިދުމަތެެއް ބޭނުން ނުވާ ކަމަށެވެ. 

" މި ރަށު ކޯޓަށް ވަންނަ ހަމަ އެކަނި މައްސަލަ ތަކަކީ ވަރި، ކައިވެނި. ވަރި ކައިވެނިވެސް ވަރަށް މަދުވާނެ. އިތުރު މައްސަލައެއް ނޯންނާނެ. މި ރަށު ކޯޓުގައި ބަލާނެ މައްސަލަ އެއް ނެތި ގާޒީއެއް ނުބަހައްޓާތާ އެއް އަހަރު. އެހެންވެ މިރަށުގައި އަޅަންފެށި ކޯޓް ވެސް ކުޑަ ކޯޓަކަށް ހަދަން މިހާރު ނިންމާފައި ވަނީ." އީސާ ވިދާޅު ވިއެވެ.

އީސާ ވިދާޅުވީ ފަތުރުވެރިން އަރާ ފައިބާ ހެދުމުގެ އިތުރުން ކޮންސްޓްރަކްޝަން އެކިއެކި މަސައްކަތުގައި ބިދޭސީންންވެސް އެ ރަށުގައި ފުދޭވަރަކަށް ގިނައިން އުޅޭ ކަމަށާއި، ނަމަވެސް އެ މީހުންހުންގެ ފަރާތުން އެއްވެސް ކަހަލަ މައްސަލައެއް އޮންނަކަން ފާހަގަ ނުކުރެވޭ ކަމަށެވެ.

ރަށުގެ ރައްޔިތުންގެ ކަންކަން ބައްލަހާއްޓާ މޮނީޓާ ކުރާ ފަދައިން ރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންކަން ވެސް ގާތުން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް އޭނާ ވިދާޅުވީ ރަށުގައި ދިރިއުޅޭ ފަރާތް ތަކާއި ރަށުގެ ރައްޔިތުންގެ ފަރާތުން ފެންނަމުން ދަނީ ވަރަށް އުފާވެރި މަންޒަރު ތަކެއް ކަމަށާއި، އަދި ބަސް އަހާ ވެރިންނަށް ކިޔަމަންތެރި ރައްޔިތުން ތަކެއް ދިރިއުޅެމުންދާ ރަށެއްގެ ގޮތުގައި ކަމަށެވެ. 

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް