ads
ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހު
ޔާގޫތުގެ ކައިރީގައި ޖާސޫސު ކުރި ކަމުގެ ތުހުމަތު ފާތިހު އަށް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ހައްޔަރު ކުރި ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހު ޔާގޫތުގޭ ކައިރީ ޖާސޫސް ކުރިތޯ ވިދާޅުވެ ފާތިހުގެ މައްޗަށް ޖާސޫސު ކުރިކަމުގެ ތުހުމަތު ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކުރައްވައިފި އެވެ.
Advertisement

ނާޒިމް މިހެން ވިދާޅުވެފައި މިވަނީ، ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ހައްޔަރު ކުރި ފާތިހު އެ މައްސަލައިގައި ހައްޔަރުކުރިއިރު ހުރީ ފުލުހުންގެ ވަޒީފާގައި ކަމަށް ބުނެ ކުރަމުންދާ ތުހުމަތުތައް ދޮގުކޮށް ފުލުހުން ރޭ ބަޔާނެއް ނެރެފައި ވަނިކޮށެވެ. 

މި ކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، މިދިޔަ އަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި އަހްމަދު ފާތިހު ފުލުހުންގެ ވަޒީފާއިން ވަކިކުރީ ބޮމުގެ ހަމަލާ އަށް ފަހު ކަމަށެވެ. 

"ފާތިހުއަކީ ފުލުހުންގެ ތެރޭގައި އުޅުނު މީހެއް. އޭނާ މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަކިކުރީ ބޮމްގެ ފަހުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފައެވެ. ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކުރި ލ. ގަން، ތުނޑި ދުންފިނިއު، އަހުމަދު ފާތިހު، އަކީ އެ ހަމަލާ ދެވުނު އިރު އަދި ހައްޔަރުކުރި އިރުވެސް ފުލުހުންގެ ވަޒީފާގައި ހުރި ފަރާތެއްކަމަށް ބުނެ ދައުރުކުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކައެއް ކަމަށެވެ. 

ފާތިހުގެ މައްސަލާގައި ފުލުހުން ބަޔާނެއް ނެރެފައި ވަނިކޮށް، ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ވަނީ ފާތިހުއާއި ގުޅޭ އިތުރު މައްސަލައެއް ފެންމަތި ކުރައްވާފައެވެ. 

ނާޒިމް ކޮށްފައިވާ ޓުވީޓެއްގައި ބުނީ، އަސްލު ސުވާލަކީ، ފާތިހު ފުލުހުންގެ ވަޒީފާއިން ވަކިކުރީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ތޯ ނުވަތަ ނޫންތާ ނޫން ކަމަށެވެ. އެހެން ނަމަވެސް މުހިއްމު ސުވާލަކީ ފާތިހު ޔާގޫތުގޭ ކައިރީގައި 2019 ވަނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު މަހު ޖާސޫސް ކުރިތޯ ކަމަށެވެ. 

ފާތިހު ހައްޔަރުކުރީ ބ. ދަރަވަންދޫންނެވެ. އޭނާއަކީ ކުރިން ފުލުހުގައި މަސައްކަތް ކުރި މީހެކެވެ. އޭނާ އެ ވަޒީފާއިން ވަކިވީ 2020 ވަނަ އަހަރު އަމިއްލައަށް އެދިގެން ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

ފާތިހުއަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ހަތަރު ވަނަ މީހާ އެވެ. އޭނާއަކީ ހަމަލާ ދިނުމުގައި ދެން އުޅުނު މއ. ފޭރުގޭ މުޖާޒް އަހުމަދު ސައިކަލުގައި ގެންދިޔަ މީހާ އެވެ. އެ ހަމަލާއާއި ގުޅިގެން ފާތިހު ހައްޔަރު ކުރިނަމަވެސް ފުލުހުންގެ ބަންދުން އޭނާ ދޫކޮށްލީ މިވަގުތު ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމެވި ނިންމެވުމާއި ގުޅިގެން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ހަވަނަ ދުވަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް