އުޅޭ މާހައުލުގެ ސަބަބުންނާއި ސިއްހަތު ހުންނަ ގޮތެއްގެ ސަބަބުން ހަމަށް އަސަރު ކުރެ އެވެ. އުޅޭ މާހައުލު ބަދަލު ކުރުމަކީ މާ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު ސިއްހަތު ރަނގަޅަށް ބެހެއްޓުމަށް ކަންކަން ކުރެވިދާނެ އެވެ.
ހަންގަނޑު ރަނގަޅު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން
ހަމަށް އެންމެ ރަނގަޅު ކަމަށް ފެންނަ ބައެއް މާއްދާތަކަކީ އެންޓިއޮކްސިޑެންޓާއި، އޮމެގާ 3 އަދި 6، ފެޓީ އެސިޑު، އަދި ވިޓަމިން އީ އާއި ސީ އެވެ. މޭވާ އާއި ތަރުކާރީން ވަރަށް ގިނައިން އެންޓިއޮކްސިޑެންޓްސް ލިބޭނެ އެވެ.
ފެޓީ އެސިޑް އަކީ ކަހަލަ ބަދަނާއި، މަހުން ލިބޭ އެއްޗެކެވެ. ވިޓަމިން ސީ އަކީ އޮރެންޖު ކުލަ ގަދަ މޭވާ އާއި ތަރުކާރީން ވަރަށް ގިނައިން ލިބޭ އެއްޗެކެވެ. ހަމަ އެފަދައިން ފެހިކަން ގަދަ ފަތްތަކުން ވިޓަމިން އީ ލިބެ އެވެ.
މި ހުރިހާ މާއްދާއެއް އެއް ފަހަރާ ލިބޭ މޮޅު ބުއިމަކުން ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް އެހީވެދޭނެ އެވެ. އެ ބުއިން ހެދުމަށް ބޭނުން ވަނީ ދޮންކެޔޮ، އަލަނާސި، ފްލެކްސް ސީޑް، ކާށިކިރު، ކާށިތެޔޮ، އިނގުރު، ފޮނިތޮށި އަދި ރީނދުލެވެ.
ތައްޔާރު ކުރާނެ ގޮތް