ads
ވ.އަތޮޅު ކައުންސިލް ރައީސް ސުޖާއު އަލީ
ދަނޑުވެރިކަމަށް ދޫކޮށްފައި އޮތް ވ.ހުޅިދޫ އެއީ މިހާރު ރައްޔިތުންގެ ރަށެއް:އަތޮޅު ކައުންސިލް
ދަނޑުވެރިކަމަށް ކުރިން ދޫކޮށްފައި އޮތް ވ.ހުޅިދޫއަކީ މިހާރު ވ.އަތޮޅު ރައްޔިތުންގެ ރަށެއްކަމަށް އެއަތޮޅު ކައުންސިލުން ބުނެފި އެވެ.
Advertisement

ވ.އަތޮޅުކައުންސިލުން މީގެ ކުރިން އެރަށާ ބެހޭ ގޮތުން ގަރާރެއް ނެރެފައިވާއިރު މިއަދު އެކައުންސިލުންވަނީ އެރަށަށް ގޮސް އެރަށުގެ ހާލަތު ބަލާފައެވެ.

މިދަތުރުގައި “ސީއެންއެމް”ގެ ޓީމްވެސް ބައިވެރިވެފައިވާއިރު އެކައުންސިލުން ވަނީ އެރަށުގައި ދަނޑުވެރިކަމުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ނޫސްވެރިންނަށް ދައްކާލައިފައެވެ.

އެރަށުގައި ދަނޑުވެރިކަމުގެ މަސައްކަތެއް ކޮށްފައި ނުވާއިރު އެރަށަށް ބޮޑެތި ގެއްލުން ތަކެއް ދީފައިވާކަންވެސް ކައުންސިލުން ފާހަގަ ކުރެއެވެ.

ވ.އަތޮޅު ކައުންސިލް ރައީސް ސުޖާއު އަލީ ވިދާޅުވީ އެރަށް ތަރައްގީ ކުރުމަށް ދީފައިވާ މުއްދަތު ހަމަވެފައިވާއިރު، އެރަށުގައި ކުރަން އެގްރީމެންޓްގައި ބުނެފައިވާ އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށާއި، އޭގެ ބަދަލުގައި ރަށަށް ގެއްލުން ތަކެއް ދީފައިވާ ކަމަށެވެ.

"ރަށަށް ދީފައިވަނީ ގެއްލުންތަކެއް. ކުރަން އެއްބސްވެފައިވާ އެއްވެސް ކަމެއް ރަށުގައި ކޮށްފައެއް ނުވޭ" ރައީސް ސުޖާއު ވިދާޅުވިއެވެ.

މިއަދު އެރަށުން ސީއެންއެމްއަށް ދައްކާލާފައިވާ ތަންތަނުގެ ތެރެއިން ރާއްޖޭގައި ނެތެމުންދާ ކަނޑު ފަލެއް ވަނީ ދައްކާލައިފައެވެ. އަކުންސިލުން ބުނީ އެތަނަށް ފަސްއަޅާފައިވަނީ އެރަށުގައި މަސައްކަތް ކުރާ މީހުން ކަމަށެވެ. އޭގެ އިތުރުން ވެލި ނަގަން ގެންގުޅޭ ބަނޑެއް އެރަށަށް ވަނީ ބީއްސާލާފައެވެ. އަދި އެރަށުގެ ޖެޓީވެސް ހަދާފައިވަނީ އީއައިއޭ ރިޕޯޓާ ހިލާފަށް ކަމަށް އަތޮޅު ކައުންސިލުން ބުނެއެވެ.

"އީއައިއޭ ރިޕޯޓާ ހިލާފަށް އެތައް ކަމެއް ކޮށްފައިވަނީ . އެހެންވެ، އަތޮޅުގެ ރައްޔިތުން ބޭނުންވޭ މިފަދަ ތަންތަން އަތޮޅުގެ ރައްޔިތުންނަށް މަންފާވާގޮތަށް ހުންނަން . އަދި ދިގު މުއްދަތަކަށް ނުގެއްލޭ ގޮތަށް ބާއްވަންވެސް ބޭނުންވޭ. މިއަތޮޅުގެ ރައްޔިތުން ބޭނުމެއް ނުވޭ މިތަންތައް ހަލާކުވެގެން ދާކަށެއް" ސުޖާއު ވިދާޅުވިއެވެ.
60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް