ads
އަންބަރާ ދޫކޮށްފައިވަނީ ޓޫރިޒަމް ތަރައްގީ ކުރުމަށް
ވ. ހުޅިދޫއާއި އަންބަރާ އަތޮޅުގެ ރައްޔިތުންނަށް! އަތޮޅުކައުންސިލުން ދޫދިނުމެއް ނެތް!
ވ.އަތޮޅަކީ ރާއްޖޭގެ އެންމެ އާބާދީ ކުޑަ އަތޮޅެވެ. އެހެންނަމަވެސް މި އަތޮޅު މީހުން އާމްދަނީ ހޯދަން ކުރާ މަސައްކަތާއި އެމަސައްކަތުގެ ސަބަބުން ލިބޭ އާމްދަނީ ވެސް މަދެއްނޫނެވެ. ދުވެހެއް ދުވަހަކަށް މިއަތޮޅުގެ މީހުންގެ މަސައްކަތް ދަނީ ދުނިޔެއަށް ހާމަވަމުންނެވެ.
Advertisement

މި އަތޮޅުގެ ބައެއް ރަށްރަށުން ބުނަނީ ދައުލަތުން ފައިސާއެއް ބޭނުން ނުވާކަމަށެވެ. އެރަށްރަށް ހިންގުމަށްޓަކައި އެރަށްރަށުން ލިބޭ އާމްދަނީ ފުދޭ ކަމަށެވެ. އަދި އެއީ ސަރުކާރަށް ދައްކަން ޖެހޭ ފީތަކާއި ޓެކްސް ފައިސާ ވެސް ދެއްކުމަށް ފަހުއެވެ.

އެއަތޮޅުގައި މިހާރުވެސް ފަސް ރިސޯޓެއް ހިންގައެވެ. އެ ރިސޯޓތަކުން އެއްވެސް ފައިސާއެއް އެއަތޮޅުގެ ރައްޔިތުންނަކަށް ނުލިބެއެވެ. އަތޮޅުގައި ހުރީވެސް މަދު ރަށްތަކެކެވެ. މީހުން އުޅޭ ހަތަރު ރަށް އޮތް އިރު ދެން ހުރި ރަށްތައް ވަނީ ރިސޯޓް ހިންގުމަށާއި އެހެނިހެން ބޭނުންތަކަށް ދޫކޮށްފައެވެ. އަތޮޅުގެ ރަށްރަށުން ބުނަނީ އެރިސޯޓުތަކުން ރަށްރަށަށް ކުރާ މަންފާއެއް ނެތް ކަމަށެވެ.


"ސީއެސްއާރުގެ ދަށުން ވެސް މިރަށްރަށަށް ކުރާ މަންފާއެއް ނެތް. ރިސޯޓުތައް އެބަހުރި މި އަތޮޅުގައިވެސް. އެކަމަކު އެއީ މިރަށްރަށަށް އެއްވެސް މަންފާއެއް ލިބިދޭ ބައެއް ނޫން" ވ.ތިނަދޫ ކައުނސިލް ރައީސް ޝިފާގް ހުސައިން ވިދާޅުވިއެވެ.

your imageވ.އަތޮޅު ކައުންސިލް ރައީސް ސުޖާއު އަލީ

ރާއްޖޭގެ އެހެން އަތޮޅުތަކެކޭ އެއްފަދައިން ވ.އަތޮޅުގެ ރަށްތައްވެސް ވަނީ އެކިއެކި ބޭނުންތަކަށް ތަފާތު ފަރާތްތަކަށް ދޫކޮށްފައެވެ. އޭގެތެރެއިން ވ. ހުޅިދޫއާއި ވ.އަންބަރާއަކީވެސް އެގޮތަށް ދޫކޮށްފައިވާ ދެރަށެކެވެ. ވ.ހުޅިދޫ ދޫކޮށްފައިވަނީ ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށެވެ. އަންބަރާ ދޫކޮށްފައިވަނީ ޓޫރިޒަމް ތަރައްގީ ކުރުމަށެވެ. އެހެންނަމަވެސް މިރަށްރަށުގައި މަސައްކަތްތައް ކުރުމަށް ދީފައިވާ ތަފާތު މުއްދަތުތައް ހަމަވެފައިވާ ކަމުގައި އަތޮޅު ކައުންސިލާއި އެއަތޮޅުގެ ބައެއް ރަށްރަށުގެ ރަށު ކައުންސިލް ތަކުންވެސް އަންނަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން ކައުންސިލުން ވަނީ ގަރާރެއް ފާސް ކޮށްފައެވެ. މިދިޔަ ހަފްތާގައި ގަރާރު ފާސްކޮށްފައިވަނީ އެދެރަށަކީ މިހާރު ވ.އަތޮޅު ރައްޔިތުންގެ ދެރަށް ކަމަށް ކަނޑައަޅާފައެވެ. އެގޮތަށް ކައުންސިލުން ނިންމާފައިވަނީ ސަބަބު ތަކެއް ނެތިއެއް ނޫނެވެ. 

މިހާތަނަށް އެއްވެސް ރިސޯޓަކުން އަދި އެގޮތަށް ދީފައިހުންނަ ރަށަކުން އަތޮޅުގައި އޮތް މީހުން އުޅޭ ފަސްރަށުން ކުރެ ރަށަކަށް ފައިދާއެއް ލިބިފައި ނުވާތީއެވެ. އަދި ހަމައެހެންމެ ވ.އަންބަރާއާއި، ވ. ހުޅިދޫ ގައި އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައި ނުވުމާއި މަސައްކަތް ކުރުމަށް ދީފައިވާ މުއްދަތުވެސް ހަމަވެފައިވާތީ އެގޮތަށް ކައުންސިލުން ނިންމީއެވެ.

your imageއަންބަރާ ދޫކޮށްފައިވަނީ ޓޫރިޒަމް ތަރައްގީ ކުރުމަށް

ވ.އަތޮޅުގައި އޮންނަނީ މީހުން އުޅޭ 5 ރަށެވެ. އަދި މީހުން ނޫޅޭ 14 ރަށެވެ. އޭގެ ތެރެއިން މީހުން ނޫޅޭ ހުރިހާ ރަށެއް ވަނީ އެކި ބޭނުންތަކަށް ދޫކޮށްފައެވެ. ފަސް ރަށެއްގައި ރިސޯޓް ހިންގައެވެ. އެއީ އަލިމަތާ، ދިއްގިރި، ވަށުގިރި، ކުނާވަށީގެ އިތުރުން އާރަށެވެ. ޓޫރިޒަމަށް ދޫކޮށްފައިވާ ބޮޑު މޮހޮރާގެ މުއްދަތު ދަނީ ހިނގަމުންނެވެ. ފޮއްތެޔޮވެސް ވަނީ ރިސޯޓް ހަދަން ދޫކޮށްފައެވެ. ވައްޓަރު އޮތީ އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށުގައެވެ. ދެން އޮތް ރުއްގަނޑު،ރުއްހުރި ހުރާ،ތުނޑު ހުރާގެ އިތުރުން ހުރަހު ފިނޮޅުވެސް ވަނީ ވަރުވާ އަށް ދޫކޮށްފައެވެ.

your imageހުޅިދޫ ދޫކޮށްފައިވަނީ ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް

"މިއަތޮޅުގައި ހުރީ މަދު ރަށްތަކެއް. ހުރިހާ ރަށެއް އެހެރީ އެކި ގޮތް ގޮތަށް ދޫވެފައި. އެހެންވީމަ ކަމެއްނުވެ ރަށްތައް ހުރެގެން ނުވާނެ. މިއަތޮޅުގެ ރަށްރަށަށް އޭގެ މަންފާ ލިބެން ޖެހޭނެ" ވ.އަތޮޅު ކައުންސިލް ރައީސް ސުޖާއު ވިދާޅުވިއެވެ.

ވޭތުވެ ދިޔައަހަރު މެދުތެރޭ ކައުންސިލުން ވަނީ މާލެއަށް ދަތުރުކޮށް ޓޫރިޒަމް މިނިސްޓަރާއި ކަމާބެހޭ އެހެން އިދާރާ ތަކާވެސް ބައްދަލު ކޮށްފައެވެ. އެހެންނަމަވެސް އެކަށީގެންވާ އިޖާބައެއް ނުލިބޭ ކަމަށް ކައުންސިލުން ބުނެއެވެ. އެހެންވެ ކައުންސިލުން މިހާރު ވަނީ ގޮތެއް ނިންމާފައެވެ. އެއީ ހުޅިދޫއާއި އަންބަރާ މިއަތޮޅު ކައުންސިލްގެ ބެލުމުގެ ދަށަށް ގެންގޮސް މިއަތޮޅުގެ ފަސްރަށުގައި ދިރިއުޅޭ ފަރާތްތަކަށް އެކަށީގެންވާ މަންފާއެއް ލިބޭ ގޮތަށް ކަންކަން ބައްޓަން ކުރުމެވެ. އެކަންކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް އަތޮޅުކައުންސިލު އޮތީ ތައްޔާރަށެވެ. 

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް