ads
ހިމަ ބިހީގައި ނަގާ ބިހިތައް: ---
ހިމަ ބިހި ފެތުރުން އަދިވެސް ނުހުއްޓޭ: 9 ވަނަ މީހަކު ޕޮޒިޓްވެއްޖެ
ހިމަ ބިހި ފެތުރުން އަދިވެސް ނުހުއްޓޭކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ 9 ވަނަ މީހަކު މިއަދު ޕޮޒިޓިވް ވިކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ހާމަކުރުމުންނެވެ. 

ހެލްތް މިނިސްޓްރީންގެ ތަފާސް ހިސާބުތައް ދައްކާގޮތުން،  ރާއްޖޭގައި ހިމަބިހި އައުޓްބްރޭކަށްފަހު ޖުމުލަ 4449 މީހަކު ވަނީ މީސަލްސް ވެކްސިން ޖަހާފަ އެވެ. 

ހިމަބިހި ރާއްޖޭގައި އަލުން ފެތުރެން ފަށާފައިމިވަނީ މި ބަލި ރާއްޖެއިން ނައްތާލިތާ ދޮޅު އަހަރު ފަހުން މިމަހުގެ ތެރޭގައި ހިމަބިހި ޖެހިފައިވާ ކުއްޖަކު ރާއްޖެ އިން ފެނުމާ ގުޅިގެންނެވެ. 

ހިމަބިހި ޖެހިފައިވާ ކުއްޖަކު ފާހަގަވުމާ ގުޅިގެން ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށް ސަރުކާރުން ވަނީ މިމަހުގެ 13 ވަނަ ދުވަހު އިއުލާންކޮށްފަ އެވެ.

ރާއްޖެއިން ހިމަބި ނައްތާލާފައިވާތީ އެކަމުގެ ރަސްމީ ލިޔުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ދިވެހި ސަރުކާރާ ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ. ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅީ 2009 ވަނަ އަހަރުން ފެށިގެން ހިމަބިހި ޖެހިފައިވާ މީހަކު ރާއްޖެއިން ފެނިފައި ނުވާތީ އެވެ.

ވެކްސިން ދީގެން ހިމަބިހިން ރައްކާތެރިވެވޭއިރު ހިމަބިއްސަށް ހާއްސަ ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1979 ވަނަ އަހަރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް