ads
ފޮޓޯ: ޕީއެސްއެމް
ބައެއް ޕްރިންސިޕަލުންނަށް ބޮޑުވީ އެންމެ ތިން ހާސް ރުފިޔާ!
ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މުސާރައަށް ސަރުކާރުން ގެނައި ހެޔޮ ބަދަލާއި ގުޅިގެން ބައެއް ޕްރިންސިޕަލުންނަށް ބޮޑުވީ އެންމެ 3000 ރުފިޔާ ކަމަށް ވިދާޅުވެ ބައެއް ޕްރިންސްޕަލުން ކަން ބޮޑުވުން ފާޅު ކުރައްވައިފި އެވެ.
Advertisement

މުސާރައަށް ގެނައި ބަދަލާއިއެކުގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޕްރިންސިޕަލުން ތިން ރޭންކަކަށް ބަހާލައިފައެވެ. އެގޮތުން އެންމެ ދަށް ރޭންކްގެ ޕްރިންސިޕަލްއަކަށް ވެސް ކޮންމެ މަހަކު މުސާރައިގެ ގޮތުގައި އެންމެ މަދުވެގެން 30،000ރ. ލިބިވަޑައިގަންނަވާނެއެވެ. މުސާރައިގެ އާ އޮނިގަނޑުގެ ދަށުން އެންމެ މަތީ ރޭންކްގެ ޕްރިންސިޕަލުންނަށް މުސާރައިގެ ގޮތުގައި 35،000ރ. ލިބިވަޑައިގަންނަވާނެއެވެ. 

އެހެން ނަމަވެސް މި ގެނައި ބަދަލާ އެކު އަތޮޅު ތެރޭގައި ތިބި ބައެއް ޕްރިންސިޕަލުންގެ މުސާރައަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. 

ކުރިން އަތޮޅު ތެރޭގެ ސުކޫލްތަކުގައި މަސައްކަތް ކުރާ ރަށުން ބޭރު ޕްރިންސިޕަލުންނަށް މުސާރައިގެ ގޮތުގައި 18،000 ރުފިޔާ ލިބޭއިރު އެރަށުގައި ދިރިއުޅުމަށް އިތުރަށް ލިވިން އެލަވެންސްގެ ގޮތުގައި 9000 ރުފިޔާ އެ ޕްރިންސިޕަލުންނަށް ދެއެވެ. ނުވަތަ މިނިސްޓްރީން ހަމަޖައްސާ ތަނެއްގައި ހުރެވެއެވެ. 

އެހެން ނަަމަވެސް އަލަށް އަމަލުކުރަން ފެށި އުސޫލުގެ ތެރޭ ލިވިން އެލަވަން ނުހިމެނެ އެވެ. އެހެން ކަމުން ރަށުން ބޭރު ޕްރިންސިޕަލުން ހުންނަ ތަނަށް ދައްކަން ޖެހޭ ފައިސާ ދައްކަން ޖެހޭނީ އެ ފަރާތަކަށް ލިބޭ މުސާރައިންނެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އާ ވާހަކަ ދެއްކި ޕްރިންސިޕަލަކު ވިދާޅުވީ މިގޮތަށް އުސޫލު އެކުލަވާލުމުގެ ސަބަބުން ސަރުކާރުން ބުނި ވަރަށް މުސާރަ ބޮޑު ނުވާ ކަމަށާއި، އިތުރު ބުރައެއް އުފުލަން ޖެހިފައިވަޑައިގެންފައިވާ ކަމަށެވެ. އަދި މިހާރު އޮންނަ އުސޫލުގެ ތެރޭ ލިވިން އެލަވެންސް ހިމެނިފައި ނުވުމުން ހަގީގަތުގައި ބޮޑުވީ އެންމެ 3000 ރުފިޔާ ކަމަށް ނަން ނުޖަހަން ޝަރުތުކޮށް ސީއެންއެމް އާ ވާހަކަ ދެއްކި ޕްރިންސްޕަލަކު ވިދާޅުވި އެވެ.

މީގެ އިތުރުން ޕްރިންސްޕަލަކު ވިދާޅުވީ، ބައެއް ހިސާބުތަކުން ދިރިއުޅޭ ތަނަށް ބޮޑު ކުލި ދައްކަން ޖެހޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިންސާފުން އެއްކިބާވެފައި ވާކަމަށް ވިދާޅުވެ ބައެއް ޕްރިންސްޕަލުން ވަނީ ކަން ބޮޑުވުން ފާޅުކުރައްވާފަ އެވެ.

މި އުސޫލުގެ ސަބަބުން ބައެއް ޕްރިންސިޕަލުން ނުރުހުން ފާޅު ކުރައްވަމުން އަންނަ އިރު، އަމިއްލަ ރަށް ނޫން އެހެން ރަށެއްގެ ސުކޫލެއްގެ ޕްރިންސިޕަލަކަށް ދިއުމަށް ދެން ގިނަ ޕްރިންސިޕަލުން ދެކޮޅު ހަދާނެ ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި މިއީ ސަރުކާރުން އުސޫލު ހެދުމުގެ ކުރިން ވިސްނަން ޖެހޭ ކަންކަން ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ. 

30%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް