ލަންކާގެ ގައުމީ ކޯޗުގެ މަގާމަށް މެންޗެސްޓަރ ސިޓީގެ ކުރީގެ ކުޅުންތެރިއާ އެންޑީ މޮރިސަން މި ހަމަ ޖެއްސީ ކުރިން އެ މަގާމުގައި ހުރި އާމިރް އަލަގިޗް މަގާމުން ވަކިކުރުމަށް ފަހުއެވެ. އާމިރު އަލަގިޗްގެ ކޯޗުކަމުގެ ދަށުގައި ލަންކާއަށް ފުޓްބޯޅައިން މާބޮޑު ކާމިޔާބެއް ލިބިފައި ނެތް ނަމަވެސް، މިދިޔަ އަހަރު ފަހުކޮޅު އެ ގައުމުގައި އޮތް ފޯ ނޭޝަންސް ކަޕުގެ ފައިނަލުގައި އެ ޓީމު ކުޅުނެވެ. އޭގެ ކުރިން އެ މުބާރާތުގައި ލަންކާއިންވަނީ ރާއްޖެއާ ހަތަރެއް ހަތަރަކުން އެއްވަރުކޮށްފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަންނަ ހޮނިހިރު ދުވަހު، ލަންކާގެ ގައުމީ ޓީމުގެ އާ ކޯޗު އެންޑީ މޮރިސަރން ލަންކާއަށް ދާނެއެވެ. އާ ކޯޗާއެކު އޭނާގެ އެސިސްޓެންޓަކަށް އޮސްޓްރޭލިއާގެ ތަޖުރިބާކާރަކުވެސްވަނީ ހަމަ ޖައްސާފައެވެ.