މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 01:15 ހާއިރު އެވެ.
މި ހާދިސާއާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދިން އެރަށު މީހެއް ބުނީ އެ ދެ އުޅަނދުގައި އަލިފާން ރޯވި އިރު އޭގައި އެއްވެސް މީހެއް ނެތް ކަމަށެވެ. މުދާ އުފުލާ ބޯޓަކީ އެރަށުގައި ހިންގަމުން އަންނަ ގެސްޓުހައުސް އަކުން ކުއްޔަށް ނަގައިގެން އުޅޭ ބޯޓެއް ކަމަށާއި، ދެން އަލިފާން ރޯވި ލޯންޗަކީ އެރަށު މީހެއްގެ ލޯންޗެއް ކަމަށެވެ.
މީހެ އިތުރުން އެ މީހާ ބުނީ ލޯންޗާއި ބޯޓުގައި ބަޔަކު ގަސްދުގައި ރޯކޮށްލީ ކަމަށް ބެލެވޭ ކަމަށެވެ. އެކަމަށް ބާރުދޭ ހެކިތައް ފެންނަން އެބަހުރި ކަމަށެވެ.
ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.